ސިޔާސީ އޮއިވަރުގައި ސިފައިން ނުޖެހެން މާރިޔާ އެދިވަޑައިގެންފި

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްއެންޑީއެފް

ރިޔާސީ އިންތިހާބުގެ އަހަރަކީ އަބަދު ވެސް ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދަން ސިޔާސީ ފަރާތްތަކުން މަސައްކަތްކުރާ ދުވަސްވަރެއް ކަމަށް ވިދާޅުވެ، ސިފައިންގެ އެއްވެސް މީހަކު ސިޔާސީ އޮއިވަރުގައި ނުޖެހެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފި އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، އެހެންނަމަވެސް، ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަ ނަސޭހަތްތެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިންތިހާބުގެ އަހަރަކީ އަބަދުވެސް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ސިފައިންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދަން ސިޔާސީ މީހުން މަސައްކަތްކުރާ ދުވަސްވަރެއް ކަމަށެވެ.

"އެހެންނަމަވެސް، ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ތިޔަ ހުރިހާ ސިފައިންނަށް އަޅުގަނޑު ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެއަކީ ޑިމޮކްރެސީގެ ޅަފަތުގައި އޮތް ގައުމެއް ކަމަށާއި ޑިމޮކްރެސީގެ ދަތުރު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައި ވެސް، އަދި ފަހަތަށް ސޮއްސާލުމުގައި ވެސް، އަސްކަރިއްޔާގެ ދައުރެއް އޮންނަކަން ދިވެހިންނަށް ތަޖުރިބާ ކުރެވިފައިވަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމީ ދިފާއީ ބާރަކީ ވަރަށް ވަރުގަދަ ކޯ ވެލިއުސްތަކެއްގެ މައްޗަށް އެތުރި ތަރުތީބްވާންޖެހޭ ދައުލަތުގެ މުހިންމު ގުނަވަނަކަށް ވާއިރު، އެވެލިއުތައް ކޮންމެހެން ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު އެ ކޯ ވެލިއުތައް ސިޔާސީ ބޭނުމަށް "ކޮމްޕްރޮމައިޒް" ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސިފައިންގެ ޕްރޮފެޝަނަލިޒަމް އޮތީ ފުންކޮށް ވިސްނާލަންޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ.

"ސިޔާސީ ބޭނުންތައް ފުއްދުމަށް އަސްކަރިއްޔާ ހިތުހުރި ގޮތަކަށް ބޭނުންކުރަމުން ދިއުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އަސްކަރިއްޔާގެ ކޯ ވެލިއުސް ވަނީ ބޮޑުތަނުން ކޮމްޕްރޮމައިޒްވެފައި،" މާރިޔާ ވިދާޅުވި އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އެމްއެންޑީއެފް
ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އެމްއެންޑީއެފް

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އެމްއެންޑީއެފް

ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި އުފައްދާ ދަމަހައްޓާ އަސްކަރިއްޔާ ބޭނުންކޮށްގެން، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރައްޔިތުންގެ މައްޗަށް ވެރިވެ ނުގަންނާނެކަމުގެ ޔަގީންކަން އަބަދު ވެސް އޮންނަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސިޔާސީ ގޮތުން ވިސްނުން ތަފާތުވުމުން، ސިފައިން ބޭނުންކޮށް، މަޖިލިސްގެ ތަޅުމުންނާއި ފާރުތައްމަތިން ސިފައިންލައްވާ މަޖިލިސް މެމްބަރުން އުކުން މާޒީވެ ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހިތްހަމަނުޖެހޭ ހުކުމެއް ލިބުމުން ސިފައިން ބޭނުންކޮށްގެން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުން ވެސް މާޒީ ވެއްޖެ ކަމަށް ވިދާޅުވި އެވެ.

ގައުމީ ސަލާމަތަކީ ސިޔާސީ ހަތިޔާރަކަށް ހަދާ، ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ގައުމުގައި ނާމާންކަން ފެތުރުންވެސް އިރާދަކުރެއްވިއްޔާ މާޒީވެ ހިނގައްޖެ." މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox