މާޒިޔާގެ ކޯޗުކަމުން އިވާން ވަކިވެއްޖެ

Jun 20, 2023, 4:57 PM
ކޯޗު އިވާން: އޭނާ ވަނީ އަށް މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން ވަކިވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޯޗު އިވާން: އޭނާ ވަނީ އަށް މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން ވަކިވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ހުރި ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭފް މަގާމުން ވަކިވެއްޖެ އެވެ.

މާޒިޔާ އަށް މި ފަހަރުގެ ސީޒަނުގެ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިން ކޯޗު އިވާން މަގާމުން ވަކިކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވި ހަމައެކަނި މެޗަކީ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ.

މާޒިޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިވާންއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ދެ ފަރާތް އެއްބަސްވެވުނު ގޮތަށް ކޮންޓްރެކްޓް ނިމުމަކަށް ގެެނެސްފައިވާ ކަމަށެވެ. އޭގެ އިތުރުން، މާޒިޔާ އިން ވަނީ އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު އާއި ކްލަބްގެ ބޯޑު މެމްބަރުންގެ ނަމުގައި އިވާން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ފާއިތުވި ދެ ވަރަކަށް ސީޒަނަށް ބަލާއިރު، މާޒިޔާ އިން ވަނީ ސީޒަނުގެ ކުރީކޮޅުގައި ކޯޗު ބަދަލުކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި މާޒިޔާ އިން ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު އެވެ. މޯހަން ވަކިވުމަށް ފަހު، ސީޒަން ބާކީ ބައި އެ ޓީމަށް ކޯޗުކޮށްދިނީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ. އޭގެ ކުރިން ސީޒަނުގައި މާޒިޔާ އިން ވަނީ ސީޒަން ފަށައިގެން މާ ގިނަ މެޗެއް ނުކުޅެ، އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަކިކޮށް، ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފަ އެވެ.

މިދިޔަ ތިން އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ސީޒަން މި ވަގުތު މެދުކަނޑާލާފައި އޮތީ މާދަމާ އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހު ސީޒަން އަލުން ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox