ކޮވިޑަށް ފަހު ބޫޓާން ފުޓްބޯޅަ މަޑުޖެހިފައި އޮތަސް ސާފް ޗެމްޕިއަންޝިޕް އަށް ތައްޔާރު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބޫޓާން ކޯޗު ޕެމާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބޫޓާން ކޯޗު ޕެމާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިފް ފުޓްބޯޅަ މުބާރާތް މި ފަހަރު ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ބޫޓާން ޓީމުގެ އަމާޒަކީ ކޮންމެ މެޗެއްގައި ވެސް ރަނގަޅު ވާދައެއްކުރުން ކަމަށް ކޯޗު ޕެމާ ދޯޖީ ބުނެފި އެވެ.

މިއީ ކޮވިޑް-19ގެ ފަހުން، ބޫޓާނުން ބައިނަލްއަގުވާމީ ލެވަލްގައި ކުޅޭ ދެ ވަނަ މުބާރާތެވެ. އެ ގޮތުން ކޮވިޑަށް ފަހު ބޫޓާނުން ބައިނަލްއަގުވާމީ ލެވަލްގައި ކުޅުނު ހަމައެކަނި މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލްގައި ކުރިއަށްދިޔަ ޓްރައި ނޭޝަންސް ކަޕް އެވެ. އެ މުބާރާތުގައި ލާއޯސް އާއި ނޭޕާލް އަތުން ބޫޓާން ވީ ބައްޔެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ވާދަކުރާ މުބާރާތުގައި ބޫޓާން ލައްވާލީ ބަންގްލަދޭޝް، ރާއްޖެ އަދި ލެބަނާންއާ އެކު ގްރޫޕް ބީގަ އެވެ. އެ ޓީމު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނިކުންނަން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ.

ސަރަހައްދީ މުބާރާތަށް ބޫޓާންގެ ތައްޔާރީތަކާ ގުޅޭގޮތުން ކޯޗު ޕެމާ ދޯޖީ ބުނީ ބޮޑު ސްކޮޑަކާ އެކު އެ ޓީމުން މަހެއްހާ ދުވަހު އެގައުމުގައި ޕްރެކްޓިސްކުރި ކަމަށާއި، މުބާރާތުގެ ކުރިން އިންޑިއާގެ ކޮލްކަތާގައި ވެސް ހަފްތާއެއްހާ ދުވަހު ތަމްރީން ހެދިކަމަށެވެ.

"އަހަރުމެން ބޫޓާންގައި މަހެއްހާ ދުވަހު ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފައި. އިންޑިއާގެ ކޮލްކަތާގައިވެސް ތަމްރީންތަކެއް ހަދާފައި މިއައީ. ހަ ދުވަހު ކޮލްކަތާގައި ތަމްރީން ހެދިއިރު އެކުވެރިކަމުގެ ދެ މެޗެއް އަހަރުމެން ކުޅުނިން. އެ ދެ މެޗުން ޓީމަށް ކުރިއެރުން ލިބިއްޖެ." ކުރިން ބޫޓާން ޓީމަށް ކުޅުނު ޕެމާ ބުންޏެވެ.

އޭނާ ބުނީ ދުރާލާ މުބާރާތަށް ތައްޔާރުވުމުގައި އެންމެ ބޮޑަށް ބެލީ މިދިޔަ މާޗު މަހު ނޭޕާލްގައި ނިމުނު ތުރީ ނޭޝަންސް ކަޕްގައި ޓީމުން ފާހަގަވި ކަންކަން ރަނގަޅުކުރުމަށް ކަމަށެވެ. އެ މުބާރާތުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޑިފެންސް އަދި އެޓޭކުގައިވެސް ޓީމެއްގެ ގޮތުގައި ނުކުޅެވުން ކަމަށް ޕެމާ ފާހަގަކުރި އެވެ.

ޕެމާ ވަނީ އެގައުމުގައި ކުރި ތަމްރީންތަކާއި، ކޮލްކަތާގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ޓީމަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށްފަ އެވެ.

"ނޭޕާލް މުބާރާތުން އަހަރުމެންނަށް ގިނަ ކަންކަން ދަސްވި. މިހާރު ޓީމެއްގައި ގޮތުގައި ބޫޓާން ވަރުގަދަވާނެ. ނޭޕާލް މުބާރާތަށްފަހު ވަރަށް ގިނަ ކަންކަން މިހާރު ހުންނާނީ ރަނގަޅުކޮށްފައި." އޭނާ ބުންޏެވެ.

ސާފް ޗެމްޕިިއަންޝިޕަށް ނުކުންނައިރު ބޫޓާންގެ ގައުމީ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ކެޕްޓަން ޗެންޗޯ ޔެލްޝެންއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެފައިވުމެވެ. ޗެންޗޯ ވަނީ އެޓީމުން ކޮލްކަތާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް ކުޅެފަ އެވެ.

ކޯޗު ޕެމާ ބުނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ހުރިހާ ގޮތަކަށް ބަލާއިރު ވެސް ވަރުގަދަ މުބާރާތަކަށްވާނެ ކަމަށެވެ.

"މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވަރަށް ވަރުގަދަވާނެ. ގިނަ ޓީމްތަކުގެ މެޗުތަކެއް ކުޅެފައި މުބާރާތަށް އައީ. ކޮވިޑުގެ ފަހުން އަހަރުމެން ކުޅޭ ދެވަނަ ބައިނަލްއަގްވާމީ މުބާރާތް މިއީ. އެހެންވީމަ އަހަރުމެންނަށް އެބަހުރި އުނދަގޫތަކެއް. އެކަމަކުވެސް ހަމަ ޔަގީންކަން އެބައޮތް ރަނގަޅު ވާދައެއް ކުރެވޭނެކަމުގެ" ޕެމާ ބުންޏެވެ.

ބޫޓާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ހަތެއް ޖަހާއިރު ކުޅޭނީ ރާއްޖެއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox