ލެބަނަން ޓީމުގެ ކޯޗު ބުނަނީ ސާފް ޗެމްޕިއަންޝިޕްގެ ތަޖުރިބާއިން އެ ޓީމަށް ކުރިއެރުން ލިބޭނެ ކަމަށް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިލިކް ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިލިކް ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ލެބަނަން ޓީމަށް މުޅިން އާ ތަޖުރިބާއެއް ކަމަށާއި، މި މުބާރާތަކީ އަންނަ އަހަރުގެ އޭޝިއަން ކަޕްގެ ކުރިން ޓީމުން ރަނގަޅުކުރަން ހުރި ކަންކަން ދެނެގަންނަން ލިބުނު ފުރުސަތެއް ކަމަށް ލެބަނަންގެ ކޯޗު ސާބިއާގެ އެލެގްޒަންޑަ އިލިކް ބުނެފި އެވެ.

ސާފް އިން ދައުވަތުދީގެން މުބާރާތުގައި ބައިވެރިވާ އެއް ގައުމަކީ ލެބަނަން އެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ކުޅޭއިރު، ލެބަނަން ލައްވާލީ ރާއްޖެ، ބޫޓާން އަދި ބަންގްލަދޭޝްއާ އެކު ގްރޫޕް ބީގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިލިކް ބުނީ އިންޑިއާގެ ބުބަނޭޝްވަރުގައި ދާދި ފަހުން ނިމުނު އިންޓަކޮންޓިނެންޓަލް ކަޕްގައި ކުޅެފައި މި މުބާރާތަށް ނިކުތުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެފައި އައިސް އަލަށް ވާދަކުރާ މުބާރާތުގައި ރަނގަޅު ނަތިޖާއެއް ލިބޭނެ އުއްމީދުކުރާ ކަމަށް އިލިކް ބުނެފައިވެ އެވެ.

"އަހަރުމެން މި އައީ ކޮންޓިނެންޓަލް ކަޕް ކުޅެފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެފައި މިއައީ. އެ މުބާރާތުގައި މަސައްކަތްކުރި ގޮތަށް މި މުބާރާތުގައިވެސް މަސައްކަތްކުރުން މިހާރު އަމާޒަކީ. އަހަރުމެން މިއައީ މި މުބާރާތަށް އަލަށް. މި ސަރަހައްދުގައި ވާދަވެރި މުބާރާތެއް މިއީ މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެ. މި މުބާރާތުގެ ސަބަބުން ލެބަނަން ޓީމަށް ކުރިއެރުން އަންނާނެ." އިލިކް ބުންޏެވެ.

އިންޓަކޮންޓިނެންޓަލް ކަޕް ފައިނަލުގައި ލެބަނަން ވަނީ 2-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ.

އިލިކް ބުނީ މި މުބާރާތަކީ ލެބަނަން ޓީމު އަންނަ އަހަރުގެ އޭޝިއަން ކަޕަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި، އެންމެ މުހިންމު ކަމަކީ ރަނގަޅު ތަޖުރިބާތަކެއް ހޯދުން ކަމަށެވެ.

"ކުރިންވެސް ބުނިހެން މި މުބާރާތުން އަހަރުމެންނަށް އެންމެ މުހިންމުވަނީ ތަޖުރިބާ. ދެކުނު އޭޝިއާގެ ޓީމްތައް ތަފާތު މެދުއިރުމަތީގެ ޓީމްތަކާ. އަންނަ އަހަރު އޭޝިއަން ކަޕަށް އަހަރުމެން ތައްޔާރުވާއިރު މި މުބާރާތުން ލިބޭ ތަޖުރިބާ އަކީ ވަރަށް މުހިންމު އެއްޗަކަށްވާނެ. ޓީމުގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށް، ދެން މަސަކަތްކުރަންވީ ގޮތް ބައްޓަންކޮށްލެވޭނެ މި މުބާރާތުން." އިލިކް ބުންޏެވެ.

އިލިކް ބުނީ ބުބަނޭޝްވަރުގައި ކުޅުނު އިންޓަކޮންޓިނެންޓަލް ކަޕްގެ ސަބަބުން ވެސް ލެބަނަން ޓީމަށް ކުރިއެރުން އައިސްފައިވާ ކަމަށާއި، ބުބަނޭޝްވަރުގެ މޫސުމާއި ބެންގަލޫރުގެ މޫސުމަށް ބަލާއިރު ޓީމުން ހޭނެން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

"އިންޓަކޮންޓިނެންޓަލް ކަޕް ކުޅުނު ބުބަނޭޝްވަރުގައި މޫސުންވެސް ތަފާތު. ބެންގަލޫރުގެ މޫސުންވެސް ތަފާތު. އެކަމަށް އަހަރުމެން ކުޑަކޮށް ހޭނިލަން ޖެހޭނެ. ކުރިން ތިބި ހޮޓެލްވެސް އެހާ ރަނގަޅެއް ނޫން. މިހާރު އެހެން ހޮޓަލެއްގައި މިތިބީ. މުބާރާތަށް މިހާރު ޓީމް އޮތީ ރަނގަޅަށް ތައްޔާރުވެފައި." އިލިކް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލެބަނާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަޑިން ތިނެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox