މަޖިލީހުގައި މަރުތަޅު އެޅުވި، މިއަދުގެ ޖަލްސާ އިންތިޒާމެއް ވެސް ނުކުރެވުނު

ރައްޔިތުންގެ މަޖިލިސް: ގަވާއިދުގައިވާ ގޮތުން އަފީފަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: ގަވާއިދުގައިވާ ގޮތުން އަފީފަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ނެތި، އެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މިއަދު ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ވެސް ނުކުރެވި، ގާނޫނު ހަދާ މަޖިލީހުގައި އެންމެފަހުން މަރުތަޅު އެޅިއްޖެ އެވެ.

މަޖިލީހުގައި މަރުތަޅު އެޅިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު މިއަދު މަޖިލިސް ޖަލްސާ ބޭއްވުމަށް އެޖެންޑާ ނުކުރުމުގެ އިތުރުން ޖަލްސާ ބާއްވަން ފޮނުވަންޖެހޭ ނޯޓިހެއް ވެސް ނުފޮނުވަ އެވެ.

ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް ކަމަށް ބުނެފައި އޮތް ނަމަވެސް އެ މަގާމުގައި ހުންނެވި ވެރިކަން ހިންގާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި އޮތުމުން އެމަނިކުފާނު ވަނީ ރިޔާސަތުން ތަނާޒުލުވެވަޑައިގެންފަ އެވެ.

ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ނަޝީދު ހަވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. އެކަމަކު، އެގޮތަށް ކަނޑައަޅާ މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބުނެފައި އޮވެ އެވެ.

އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުން ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތު އޭނާއަށް ބެލެހެއްޓެވުނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގެންފި ނަމަ މެމްބަރުން ހިދުމަތް ކުރެއްވި ތާރީހަށް ބެލުމަށްފަހު ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރަކު ރައީސް ކަނޑައަޅަންޖެހެ އެވެ.

ރިޔާސަތު ބަލަހައްޓަން އަފީފް ނޫން އިތުރު މެމްބަރަކު ނަޝީދު ކަނޑައެޅުއްވިކަން އެނގިފައެއް ނެތެވެ.

ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ވެސް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގަރާރުގެ ބަހުސް ގަވާއިދުވާ ގޮތުން މިދިޔަ ހަފުތާގައި ބާއްވަން ޖެހުނު ނަމަވެސް އެ ޖަލްސާ ބާއްވާފައެއްނުވެ އެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ ކޮމެޓީތައް ދެމި އޮތް ކަމަށާއި ކޮމެޓީތަކުގެ މަސައްކަތަށް ގޮވާލުމަކީ އަމީން އާންމުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މިދިޔަ ހަފުތާގައި ކުރެވުނު މަޝްވަރާއިން ވެސް ހުރިހާ ޕާޓީތައް އެއްބަސްނުވެގެން ކަމަށް ބުނެ ކޮމެޓީ އެކުލަވާނުލެވުނެވެ. ކޮމެޓީ އެކުލަވާލަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސް އެވެ.

ގަވާއިދުގައިވާ ގޮތުން އީވާ ވަކި ކުރާ ޖަލްސާގެ އިންތިޒާމު އާންމު ކޮމެޓީން ހަމަޖައްސަންޖެހޭއިރު ކޮމެޓީތައް ބަހާނެ ގޮތަކަށް އެއްބަސްނުވެވިގެން ކޮމެޓީތައް ފުރިހަމަކުރެވިފައިނުވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox