ނަޝީދު އެމްޑީޕީގައި މަޑުކުރީ ޕާޓީ އަލުން އަނބުރާ ހޯދުމަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރު ނަޝީދު ބޭއްވި އެންމެ ފަހު ރެލީގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރު ނަޝީދު ބޭއްވި އެންމެ ފަހު ރެލީގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ސަބަބަކީ އަލަށް އުފައްދަވާ 'ދަ ޑިމޮކްރެޓްސް' ގެ ތެރެއަށް ވީހާވެސް ބޮޑަކަށް މުޅި އެމްޑީޕީ ގެނައުމަށް ކަމަށް އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލިހުގެ އިދާރާގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންގެ ސުވާލުތައް އަމާޒުވި ކަމަކީ ވެސް ނަޝީދުގެ ސަޕޯޓަރުން އާ ސިޔާސީ ޕާޓީއެއް އުފައްދަމުން އަންނަ އިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވި ސަބަބާ މެދުގަ އެވެ.

އޭގެ ޖަވާބުގައި ނަޝީދު ފުރަތަމަ ވިދާޅުވީ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "ކަސްތޮޅުން" އެ ޕާޓީ މިންޖުވެގެން އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"އެމްޑީޕީގެ ވޯޓާބޭސްގެ ބޮޑު ބައެއް ޑިމޮކްރެޓްސްއަށް މި ރިޔާސީ އިންތިހާބުގައި ބެހިގެންދާނެ ކަން އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް މަންޒަރެއް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ތަކުރާރުކޮށް ނޫސްވެރިން ސަބަބު ތަފުސީލުކޮށް ވިދާޅުވެ ދެއްވުމަށް ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގައި ހުންނެވި ސަބަބަކީ އެ ޕާޓީ އަނބުރާ ހޯއްދެއްވުން ކަމަށެވެ. އެމަނިކުފާނުގެ އެ ނިޔަތް ދިވެހި ރައްޔިތުންނަށާއި، އެމްޑީޕީގެ ސަޕޯޓަރުންނަށް ވެސް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގައި އަޅުގަނޑު މި ހުންނަނީ ސީދާ މި ދެންނެވި ނިޔަތުގައި، ދެން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަަވަން ޖެހޭ، އަޅުގަނޑު މި ތަނުގައި ހުރެ، ހަމަ މި ޕާޓީ އެކީގައި، ޑިމޮކްރެޓުންނާ އެކީގައި، ކަންކަން ނިންމަމުން އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އަދި ދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެއްވީ އަސާސީ ހައްގުތައް ރާއްޖޭގައި ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން, ހިޔާލު ފާޅުކުރުމާއި, އެއްވެ އުޅުމާއި, ނޫސްވެރި ކަމުގެ މިނިވަންކަން ހޯދުމަށް ވަކާލާތު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް. އެ އަސާސީ ސިފަތަކަށް ވަކާލާތު ކުރައްވަމުން ގެންދެވި އެމްޑީޕީ އިސްވެ މިހާރު އޮތް ސަރުކާރުން އެ އަސާސީ ސިފަތަކާ މާ ދުރަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަސާސީ ހައްގުތައް ސަރުކާރުން ހިފަހައްޓާތީ އެމްޑީޕީގައި ހުންނަވަން ވެސް ދަތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ މަގާމު ފުރުއްވި ނަޝީދުގެ ބާރު ޕާޓީގައި ގެއްލެން ފެށީ 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ފަހުންނެވެ.

އެ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އިންތިހާބުކުރި ކެންޑިޑޭޓަކީ ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. ނަމަވެސް, އޭރު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ އެވެ.

އޭގެ ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ ގައުމީ މަޖިލިހުގެ ބާރު ވެސް އޮތީ ރައީސަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބެއް ވެސް ރައީސް ގެންދެވީ ކާމިޔާބުކުރައްވަމުންނެވެ. ނަޝީދާ ވާދަކުރައްވައި ހޯދި ކާމިޔާބީއާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ވެސް ރައީސް ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox