ނަޝީދު ވިދާޅުވީ ހައްގުތައް ހިފަހައްޓާތީ އެމްޑީޕީގައި ހުންނަން ދަތި ކަމަށް

މިއަދުގެ ޕްރެސްގައި ނަޝީދު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިއަދުގެ ޕްރެސްގައި ނަޝީދު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރެއްގައި އަސާސީ ހައްގުތައް ހިފަހައްޓަމުންދާ ކަމަށާއި އެހެންކަމުން އެ ޕާޓީގައި ކިތަންމެ ގިނަ ދުވަހު ހުންނެވި ނަމަވެސް މިހާރު ކަންތައްތައް ދާގޮތުން އެ ޕާޓީގައި ދެމިހުންނަވަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެއްވީ އަސާސީ ހައްގުތައް ރާއްޖޭގައި ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން, ހިޔާލު ފާޅުކުރުމާއި, އެއްވެ އުޅުމާއި, ނޫސްވެރި ކަމުގެ މިނިވަންކަން ހޯދުމަށް ވަކާލާތު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ސިޔާސީ ޕާޓީއެއް ހެދުމަށް ތަރުހީބު ދިނުން ނޫން ކަމެއްކޮށްގެން ނުވާނެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު މިކަމާ ކަންބޮޑުވޭ," ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަޕޯޓަރުން އުފައްދަވަން މަސައްކަތްކުރާ ދަ ޑިމޮކްރެޓުންނަށް ހުރަސް އަޅާ ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު މިހާރު މި ހުރީ ޕާޓީގައި މި އަމަލުތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއްވެފައި ހުރި ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ، ވަރަށް ދެރަވޭ މި ވާހަކަ ދަންނަވަން," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވެފައިވާ ވައުދުތަކުގެ މިސްރާބު ގެންދަވަނީ މުޅިން ގޯހުން ކަމަށާއި މިދިޔަ ހަތަރު އަހަރު ސަރުކާރުން ޕާޓީއާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ވޯޓާ ބޭސްއިން ދަ ޑިމޮކްރެޓުން އެކަށީގެންވާ އަދަދެއް ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ އަލުން އަނބުރާ ޕާޓީ ހޯދަން," އެމްޑީޕީގައި މިވަގުތު މަޑުކުރައްވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ މަގާމު ފުރުއްވި ނަޝީދުގެ ބާރު ޕާޓީގައި ގެއްލެން ފެށީ 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ފަހުންނެވެ.

އެ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އިންތިހާބުކުރި ކެންޑިޑޭޓަކީ ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. ނަމަވެސް, އޭރު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ އެވެ.

އޭގެ ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ ގައުމީ މަޖިލިހުގެ ބާރު ވެސް އޮތީ ރައީސަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބެއް ވެސް ރައީސް ގެންދެވީ ކާމިޔާބުކުރައްވަމުންނެވެ. ނަޝީދާ ވާދަކުރައްވައި ހޯދި ކާމިޔާބީއާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ވެސް ރައީސް ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox