އޭސީސީ 16 އަހަރުން ދަށުގެ މުބާރާތުގައި ޖޫނިއާ ކްރިކެޓް ޓީމު ވާދަކުރަނީ

16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ނައިބު ރައީސް ފައިސަލް ނަސީމާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ނައިބު ރައީސް ފައިސަލް ނަސީމާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ 16 އަހަރުން ދަށުގެ އިރުމަތީ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ޒުވާން ޓީމުން ތައްޔާރުވެއްޖެ އެވެ.

އޭސީސީ 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާ އެކު އޭޝިއާގެ އިރުމަތީ ޒޯންގެ ހަތް ގައުމަކުން ވާދަކުރާނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، މެލޭޝިއާ އަދި ތައިލެންޑެވެ. ގްރޫޕް ބީގައި ރާއްޖެއާ އެކު ހިމެނެނީ ސިންގަޕޫރު، އިންޑޮނޭޝިއާ އަދި ހޮންކޮންގް އެވެ.

މި މަހުގެ 24 އިން ޖުލައި 4 އަށް މެލޭޝިއާގައި ކުރިއަށްދާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖޫނިއާ ޓީމުން ފަރިތަކުރުންތައް ފެށި މިދިޔަ މަހު އެވެ. ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމުގައި ދާދި ފަހުން ނިމުނު ޖޫނިއާ ޗެމްޕިއަންޝިޕާއި އިންޓަ ސްކޫލް މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ވަނީ ބަލައިފަ އެވެ.

މި ފަހަރު އެކުލަވާލި 14 ކުޅުންތެރިންގެ ޓީމުގައި ފުވައްމުލަކުގެ ހަތް ކުޅުންތެރިން ހިމެނެ އެވެ. ޓީމުގެ ކެޕްޓަނަކީ ފުވައްމުލަކު ޓީމަށް ޖޫނިއާ މުބާރާތުގައި މޮޅަށް ކުޅުނު މަބްސަރު އެވެ. މީގެ އިތުރުން ޖޫނިއާ ޓީމްގެ ކޯޗު ރިޔާޒު ރަޝީދު އަކީ ވެސް ފުވައްމުލަކުގެ ކޯޗެކެވެ.

މީއީ، 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކަށްދާ 16 އަހަރުން ދަށުގެ ޓީމްގައި މާލެއިން ބޭރުގެ ގިނަ ކުޅުންތެރިން ހިމެނުމަކީ ބޮޑު ކުރިއެރުމެއްކަމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ދެކެ އެވެ.

މި މުބާރާތަށް ގައުމީ ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ގައުމީ ޓީމު އިއުލާންކޮށް ޓީމަށް ޖާޒީ ހަވާލްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. ރައީސް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރުދެއްވައިފަ އެވެ.

އޭސީސީ 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި 28 ގައި ހޮންގްކޮންގާ ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނާނީ ޖޫން 29 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox