ލިބުނީ އަލީ ޒާހިރުގެ ލިޔުމެއް، ރައީސްގެ ޖަވާބުކަން އިދިކޮޅަށް ޔަގީނެއް ނޫން

ރައީސް ސޯލިހުއާ ބައްދަލުކުރަން ދިޔުމުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދިން ލިޔުންކޮޅާއެކު އިދިކޮޅު ލީޑާޝިޕް - ފޮޓޯ: ޕީޕީއެމް

ރައީސް ސޯލިހުއާ ބައްދަލުކުރަން ދިޔުމުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދިން ލިޔުންކޮޅާއެކު އިދިކޮޅު ލީޑާޝިޕް - ފޮޓޯ: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށް ޖެހިޖެހިގެން ފަސް ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕް ރައީސް އޮފީހަށް ވަޑައިގަތުމުން، ބައްދަލުކުރެއްވުމުގެ ބަދަލުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ރައީސްގެ ޖަވާބުގެ ގޮތުގައި ލިޔުމެއް އަރުވައިފި އެވެ.

ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އިދިކޮޅު ލީޑާޝިޕުން އެދުނު ނަމަވެސް އޭގެ ޖަވާބެއް ނުލިބިގެން ރައީސް އޮފީހަށް ފުރަތަމަ ދިޔައީ މިދިޔަ ހަފުތާ އަންގާރަ ދުވަހުގަ އެވެ. އެ ފަހުން ޖެހިގެން އައި ބުދަ އަދި ބުރާސްފަތި ދުވަހު ވެސް އިދިކޮޅު ލީޑާޝިޕުން ރައީސް އޮފީހަށް ދިޔަ އެވެ.

ހަފުތާ ބަންދު ނިމިގެން އިއްޔެ ވެސް އިދިކޮޅު ލީޑާޝިޕުން ދިޔުމުން، ރައީސް އޮފީހުގެ ރެޝެޕްޝަނުން އެންގީ އެ އޮފީހުގެ ރަސްމީ ޕްރޮޓޮކޯލަކަށް އިދިކޮޅު ފަރާތްތަކުގެ ސިޓީ ނުލިބޭ ކަމަށެވެ. އެހެންވެ ރައީސް އޮފީހުގައި އިންނަވައިގެން އަތުން ލިޔުއްވައިގެން އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ސިޓީއެއް އެރުއްވި އެވެ.

މިއަދު ހެނދުނު ވެސް ރައީސް އޮފީހަށް އިދިކޮޅު ލީޑާޝިޕުން ދިޔަ އެވެ. މިއަދު ދިޔުމުން، އިއްޔެ ފޮނުވި ސިޓީގެ ޖަވާބުގައި އެ ސިޓީގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމަށް ރައީސް ދެއްވި ޖަވާބުގެ ގޮތުގައި ލިޔުމެއް އެރުއްވި އެވެ.

އެ ސިޓީގައި ސޮއިކުރައްވާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އޭގެ ލިޔެފައިވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމަކީ ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެވެ.

"މި ހުކުމަކާ ރައީސުލްޖުމްހޫރިއްޔާއާ އެއްވެސް ގުޅުމެއް ނެތެވެ. މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވާ ކުރައްވާނެ ކަމެއް ނޫން،" ސިޓީގައި އިތުރަށް ލިޔެފައިވެ އެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ހިންގަމުން އަންނަ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތާއި ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތްތަކާ ގުޅިގެން، ރައީސް ޝަރުއީ ދާއިރާއާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ސިޓީގައި ލިޔެފައިވެ އެވެ.

އަލީ ޒާހިރުގެ ސޮއި އޮތުމުން ސުވާލު އުފައްދަވައިފި

ރައީސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، އަބްދުލްރަހީމް ވިދާޅުވީ އަލީ ޒާހިރު ސޮއިކުރައްވާފައިވާ ލިޔުމަކީ ރައީސް ދެއްވި ޖަވާބު ކަން ޔަގީން ކުރެވެން ނެތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސަށް ފޮނުވި ސިޓީ އެމަނިކުފާނަށް ލިބުނު ކަމެއް ވެސް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޝައްކު، އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީ، އެމަނިކުފާނަށް ލިބިވަޑައިގަތް ކަމެއް، އަލީ ޒާހިރު ނަމުގައި ޖަވާބެއް ލިބިފައި މި އޮތީ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި މަލްޓި-ޕާޓީ ޑިމޮކްރެސީގެ ނިޒާމެއް ފަރިތަކުރަމުން އަންނައިރު، ވާދަވެރި ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާއަށް ބައްދަލުކުރައްވަން އެދުމުން އެ ކަމަށް އިޖާބަދެއްވަން ވާނެ ކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރަށް ކުރިމަތިވެފައިވާ ހާލަތު

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ބައެއް ރަށްރަށުގެ މުއާމަލާތްތަކުގެ ތެރެއިން އެމަނިކުފާނަށް ވެސް ނާޖައިޒު ފައިދާ ލިބުނު ކަމަށް ތުހުމަތުކޮށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެކި ދައުވާތައް އުފުލާފައިވެ އެވެ.

ޔާމީން 11 އަހަރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، ވ. އާރަށް ކުއްޔަށް ދިނުމުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުކުރުމަށް ފަހުގަ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox