އެޖެންޑާ އޮތް ގޮތުން މަޖިލީހުގައި ބޮޑު ކަމެއް ވާހެން ހީވެސް ނުވޭ!

އެޖެންޑާ އޮތް ގޮތުން މަޖިލީހުގައި ބޮޑު ކަމެއް ވާހެން ހީވެސް ނުވޭ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފުތާގައި ހޫނުވީ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަަލަ ކުރިއަށް ގެންދެވޭ ގޮތް ނުވެގެންނެވެ. އެ ދެ މައްސަލަ ވެސް ކުރިއަށް ނުގެންދެވިގެން އުޅޭ އެއް ސަަބަބަކީ މަޖިލީހުގެ ތަޅުމުގައި އެ ދެ މައްސަަލަ ވެސް ކުރިއަށް ގެންދިއުމުގެ އިޖުރާއަތްތައް ކަނޑައަޅާ އާއްމު ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކުރަން ޖެހިފައި އޮތުމެވެ.

އާއްމު ކޮމިޓީގެ އެކުލެވުމަށް ގެންނަ ބަދަލު ފާސްކުރަން މަޖިލީހުގެ ތަޅުމަށް މިދިޔަ ހަފުތާގެ ފަހު ޖަލްސާގައި ހުށަހެޅި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ހުށަހެޅި ގޮތަށް އެކަން ފާސްކުރުމާ އިދިކޮޅު މެމްބަރުން ދެކޮޅުހައްދަވައި، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހައިޖާނު ހެދި އެވެ. ބުދަ ދުވަހު އޮތް އެ ޖަލްސާ ހުއްޓައިލީ އެހެންވެ ކުރިއަށް ނުގެންދެވިގެންނެވެ.

އެގޮތަށް އެކަން އޮއްވައި މިއަދުގެ ޖަލްސާގެ އެޖެންޑާ އެކުލަވައިލި އިރު އެހެން ނަމަވެސް އެ މައްސަަލައެއް ނެތެވެ. އޭގެ ބަދަލުގައި އެޖެންޑާ އެކުލަވައިލާފައި އޮތީ މަޖިލިސް އާއްމު ހާލަތުގައި އޮންނަ އިރު އޮންނާނެ ފަދަ ގޮތަކަށެވެ.

އެޖެންޑާގައި ހުރި ބައެއް ކަންތައްތައް

  • ކުނި މެނޭޖްކުރުުމުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ބިލެއްގެ ބަހުސް
  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ ބަހުސް
  • މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ގަރާރެއްގެ ބަހުސް
  • މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝރީފު ހުށަޅުއްވާފައިވާ ގަރާރެއްގެ ބަހުސް

އެޖެންޑާގެ މި އައިޓަމްތަކުގެ އިތުރުން ދެން ހުރީ ކޮމިޓީ މަރުހަލާ ނިމިފައިވާ ބައެއް ބިލުތަކުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމެވެ.

އެޖެންޑާ މިގޮތަށް އެކުލަވައިލި އިރު މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި ނޯޓިސްދީ، ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ނަމަ އެ މައްސަލައެއް ފުރަތަމަ ނިންމަން ޖެހެ އެވެ. މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރުނެތް ކަމަށް ހުށަހެޅި މައްސަލައިގެ ނޯޓިސް ހަމަވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އެވެ.

މިދިޔަ ހަފްތާގައި އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާ ވެސް މެދުކަނޑާލީ ކޮމިިޓީތަކުގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވި މެމްބަރުންގެ މެދުގައި ބޮޑު އަރައިރުމެއް ހިނގައި މަޖިލީހުގެ ނިޒާމު ގެއްލުމުންނެވެ.

މަޖިލިސް ޖަލްސާތައް އާދައިގެ މަތިން ކުރިއަށް ނުދާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަޝީދާއި އީވާ ވެސް ރިޔާސަތާއި ހަވާލު ނުވާތީ އިންނަވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭގެ ސަބަބުން, އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް މަޖިލިސް ތެރޭގައި އިހުތިޖާޖުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox