ހުއްދަ ދިނުން ދަންމަން އުޅޭ ވާހަކަ ދޮގުކޮށް، އެދުނީ ފޯމުތައް އަލުން ބަލަން ކަމަށް ބުނެފި

އީސީގެ ދެ މެމްބަރުން ކަމަށްވާ އާސިފް އަދި ނަޝާތު. ދެ މެމްބަރުން ވެސް ހުށަހެޅީ ފަސް މެމްބަރުންގެ ކޮމިޓީއަކުން އަލުން ފޯމުތައް ބެލުމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އީސީގެ ދެ މެމްބަރުން ކަމަށްވާ އާސިފް އަދި ނަޝާތު. ދެ މެމްބަރުން ވެސް ހުށަހެޅީ ފަސް މެމްބަރުންގެ ކޮމިޓީއަކުން އަލުން ފޯމުތައް ބެލުމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން ދެ މެމްބަރަކު ބޭނުންވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވި ވާހަކަތައް އެ ދެ މެމްބަރުން ދޮގުކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ހުއްދަ ދިނުން ތިން މަހަށް ދަންމަން ދެ މެމްބަރަކު ބޭނުންވާ ކަމަށް ވިދާޅުވީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. އޭނާ މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައިގެން ކަމަށް އެ ދެ މެމްބަރުން ގަބޫލު ކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ މިރޭ ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު އަލީ ނަޝާތު ވިދާޅުވީ މިރޭގެ ޖަލްސާގައި ހުށަހެޅީ "ކޮމިޝަނުގެ ރައީސްގެ އަމަލުތައް ހުންނަ ގޮތުން, ޕްރޮސެސްގެ ތެރެއަށް ނުފޫޒު ވަންނަ ކަމަށް ގަބޫލު ކުރެވޭތީ" ފަސް މެމްބަރުންގެ ކޮމިޓީއަކުން އަލުން ފޯމުތައް ޗެކު ކުރަން ކަމަށެވެ.

އެކަމަކު އެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ބަދަލުގައި ފުއާދު ވޯޓަށް އެއްސެވީ 3,000 ސައްހަ ފޯމު އޮތްކަން ކަށަވަރުވާ ކަމަށް ވިދާޅުވެ ޑިމޮކްރެޓުންނަށް ހުއްދަ ދިނުމަށް ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ ރައީސްގެ އަމަލުތައް ވެސް ހުރިގޮތުން ޕްރޮސެސްގެ އިތުބާރު ގެއްލިފައި އޮތީމައި އަލުން ބަލަން," އޭނާ ވިދާޅުވި އެވެ.

ފުއާދުގެ އަމަލުތަކާ މެދު ސުވާލު އުފެދުނީ އާންމު އުސޫލުގެ ތެރެއިން ކުރަމުން އައި ކަންތައްތައް އެހެން ގޮތަކަށް ބަދަލުކުރުމާ ގުޅިގެން ކަމަށް ނަޝާތު ފާހަަގަ ކުރެއްވި އެވެ.

"ރިޔާސީ އިންތިހާބަށް ނަގާފައި ތިބި ހުރިހާ މުވައްޒަފުން ލައްވާ [ފޯމުތައް ޗެކު ކުރުވަނީ]. މި ޕްރޮސެސް ތެރެއަށް ވަދެ, އެ ބޭފުޅުން އަންނަ އިރަށް އެންޓަޓެއިން ވެސް އެބަ ކޮށްދޭ މިއަދު ވެސް ރައީސްގެ ހުއްދައާ އެކު ކޮމިޝަން ހިސޯރުކޮށްގެން ތިބީ," ނަޝާތު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ފޯމުތައް ސިސްޓަމަށް އަޅަން ޖެހޭ ކަމަށާއި އެހެން ނަމަވެސް, އެއްވެސް ފޯމެއްގެ ހެކިވެރިންގެ މައުލޫމާތު މިހާތަނަށް ކަށަވަރުކޮށް ސިސްޓަމަށް އަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ވެސް, ފުއާދު ހުށަހެޅުއްވީ 3,000 ސައްހަ ފޯމު އޮތް ކަމަށް ވިދާޅުވެ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހާޒިރުވެ ތިބި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުންނާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ދެ މެމްބަރަކު ބޭނުން ވަނީ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުން ތިން މަހަށް ދަންމަން ކަމަށެވެ.

"އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް،" މިރޭ އީސީގައި ތިބި ޑިމޮކްރެޓުންނާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް, ތިން މަހަށް ދަންމާލުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް މިރޭ ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ކޮށްފައި ނުވާނެ ކަމަށް ވެސް ނަޝާތު ވަނީ މި ނޫހާ ހިއްސާ ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖެހިގެން އުޅޭކަން މިރޭ ހާމަވިއިރު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox