ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ލިބެންދެން އީސީގައި ޑިމޮކްރެޓުން ތިބޭނެ

ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ލިބެންދެން އީސީގައި ޑިމޮކްރެޓުން ތިބޭނެ

އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު އެޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުންތަކެއް "ދަ ޑިިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ހުރަސް އަޅާ ކަމަށް ބުނެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބެނީސް އިލެކްޝަންސް ކޮމިޝަނުން ނުނުކުތުމަށް ނިންމައިފި އެވެ.

މިވަގުތު ޑިމޮކްރެޓްސް އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މެމްބަރުން ތިބީ އީސީގެ ރިސެޕްޝަނުގަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި, މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނެ އެވެ.

އެތަނުގައި ތިއްބެވި ބޭފުޅުން އެތަނުން ދާނީ ރެޖިސްޓްރީ ލިބުމުން ކަމަށް ޑިމޮކްރެޓުންގެ ޕްރެސް ގްރޫޕުގައި ބުނެފައިވެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރެއިން 3,000 ސައްހަ ފޯމު އޮތްކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު މައުލޫމާތު ދެއްވި ކަމަށެވެ.

"ސައްހަ 3,000 ފޯމު އޮތީމަ ކުރަން ޖެހޭ ކަމަކީ އީސީގެ ޖަލްސާއެއް ބާއްވާފައި އެ ހުއްދަ ދޭންވީ. އެއީ ޖަލްސާ ބާއްވަން ޕާޓީ އުފައްދަން... ވަރަށް ބޮޑަށް ދަތިތަކެއް އެބަ ކުރިމަތި ކުރުވާ މި ޕާޓީ އުފެދިދާނެތީ," ހަސަން ލަތީފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އީސީގެ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު މިއަދު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުށަހެޅި ފޯމްތައް ޕްރޮސެސް ކުރުމުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް މިހާރު އާދެވިފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވަކި އަދަދެއްގެ މީހުންނަށް ގުޅުމެވެ.

އެކަން ނިމުމުން ދެން އޮންނާނީ އީސީގެ ޑާޓާ ބަލަހައްޓާ ސިސްޓަމަށް ފޯމްތަކުގެ މައުލޫމާތު އަޅައި، އެއަށް ފަހު އަލުން ޗެކް ކުރުމެވެ.

"އަޅުގަނޑުމެން މި ބަލަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދެވޭނެ ކަމަށް ނުވަތަ އެ ފޯމްތަކާ ބެހޭ ގޮތުން ޖަވާބެއް ދެވޭނެ ކަމަށް،" ހަބީބް މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެމްބަރުންނެވެ. އީސީން މެއި 24, ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގި އެވެ. އެއަށް ފަހު 3،560 ފޯމް އީސީއަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox