އަލް ނަސްރުން ވަކިކުރި ކޯޗު ގާސިއާ ގެންދިޔައީ އިޓަލީގެ ޗެމްޕިިއަން ނަޕޯލީން

Jun 16, 2023, 12:13 PM
އަލް ނަސްރުން ވަކިކުރި ކޯޗު ގާސިއާ ގެންދިޔައީ އިޓަލީގެ ޗެމްޕިިއަން ނަޕޯލީން

ނޭޕްލްސް، އިޓަލީ (ޖޫން 16) - މީގެ ދެ މަހެއްހާ ދުވަސް ކުރިން ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ ކޯޗުކަމުން ވަކިކުރި ފްރާންސްގެ ރުޑީ ގާސިއާ، އިޓަލީގެ ޗެމްޕިއަން ނަޕޯލީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ތިރީސް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓަލީގެ ޗެމްޕިއަންކަން ނަޕޯލީން ހޯދިއިރު، އެ ޓީމަށް އިރުޝާދުދިން ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ވަނީ އަމިއްލަ އަށް އެ ޓީމުން ދުރުވެފަ އެވެ. ސްޕަލެއްޓީ ވަނީ ދެން ނަޕޯލީގައި ހުންނަން ޖެހޭނީ އެ ކްލަބް އަނެއް ލެވަލަށް ގެންދެވޭނެ ކޯޗަކަށް ކަމަށެވެ.

ނަޕޯލީއާ ހަވާލުވި ގާސިއާ، އަލް ނަސްރުން ވަކިކުރީ ޓާގެޓާ ހަމައަށް ވާސިލްނުވެވޭ ކަމަށް ބުނެ އެވެ. އަލް ނަސްރަކީ މިދިޔަ ޖެނުއަރީ މަހު ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު އަގުގައި ގެންދިޔަ ކްލަބް އެވެ. ގާސިއާ ވަކިކުރީ ރޮނާލްޑޯގެ ނުފޫޒު އޮވެގެން ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ އަލް ނަސްރުން ވަނީ ދޮގުކޮށްފަ އެވެ.

ގާސިއާ ބުނީ ނަޕޯލީ މިހާރު އޮތް ހިސާބުން އެ ޓީމާ ހަވާލުވެ، ކުރިއަށް ދިއުމަކީ ޗެލެންޖެއް ކަމަށާއި އެކަމާ ހަވާލުވި ވަރަށް ބޮޑު އުންމީދުތަކަކާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ނަޕޯލީ ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ކުއާޓާގައި ބަލިވީ އޭސީ މިލާން އަތުންނެވެ.

ނަޕޯލީއާ ހަވާލުވި ގާސިއާ އަކީ ޔޫރަޕް ފުޓްބޯޅައިގައި ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ އުފަން ގައުމު، ފްރާންސްގެ ލީގުގައި ލިލް، މާސޭ އަދި ލިޔޯނަށް ކޯޗުކޮށްދީފަ އެވެ. ފްރާންސް ލީގުގެ އިތުރުން ދެން ރުޑީ ގާސިއާ މަސައްކަތްކުރި އެއް ލީގަކީ އިޓާލިއަން ލީގެވެ. އެ ލީގުގައި ރޯމާގައި ދެ އަހަރާއި ބައި ހޭދަކުރި އެވެ.

އަލުން އިޓާލިއަން ލީގަށް ގާސިއާ އެނބުރި އައިއިރު، އޭނާ އަށް ނަޕޯލީގެ ރައީސް އައުރޭލިއޯ ޑި ލޯރެންޓީސް ވަރަށް ބޮޑަށް އިތުބާރުކުރެ އެވެ. އަދި ގާސިއާ އަކީ ނަޕޯލީން ބޭނުންވާ ފެންވަރުގެ ކޯޗެއް ކަމަށް ޑި ލޯރެންޓީސް ވިދާޅުވެފައިވެ އެވެ.

ނަޕޯލީން އާ ކޯޗެއް ހޯދިއިރު، ސްޕެއިނުގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ދާދި ފަހުން ޕީއެސްޖީން ވަކިކުރި ކޯޗު ކްރިސްޓޮފް ގަލްޓިއޭއާ މަޝްވަރާކުރި އެވެ. ޑި ލޯރެންޓީސް ވިދާޅުވީ ގާސިއާއާ ނަޕޯލީ ޓީމު ހަވާލުކުރިއިރު، 40 ވަރަކަށް ކޯޗުންގެ ޝޯޓްލިސްޓެއް އޮތް ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox