މޮސްކޯ، ރަޝިއާ (ޖޫން 12) - ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އަނިޔާވެފައިވާ ސިފައިންނާ ރަޝިއާއިގެ ރައީސް ލެޑިމިއަ ޕުޓިން ބައްދަލުކުރައްވައިފި އެވެ.
މޮސްކޯ ކައިރީގައި ހުންނަ ސެންޓްރަލް ވިޝްނެވްސްކީ މިލިޓަރީ ކްލިނިކަށް ޕުޓިން ވަޑައިގެންނެވީ ރަޝިއާގައި ފާހަގަކުރާ ގައުމީ ދުވަހާ ދިމާކޮށްފަ އެވެ.
ޕުޓިން އާއި ޑިފެންސް މިނިސްޓަރު ސާގެއި ޝޮއިގޫ ސިފައިންނާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތައް ރަޝިއާ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ.

އެ މީހުންނަށް ހާއްސަ މެޑަލް ދެއްވައި، ހަނގުރާމައިގައި އަދާކުރި ދައުރަށް ޕުޓިން ޝުކުރު ދެންނެވި އެވެ.
ރައިފަލް ޕްލެޓޫނެއްގެ ކޮމާންޑަަރަކަށް ރަޝިއާގެ އެންމެ އިއްޒަތްތެރި މެޑަލް "ހީރޯ އޮފް ރަޝިއާ ސްޓާ" އެރުވި ކަމަށް ޓަސް ނިއުސް އެޖެންސީން ބުންޏެވެ.
ޔޫކްރެއިން ހަނގުރާމައަކަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ސިފައިންނާ ސީދާ މިގޮތަށް ޕުޓިން ބައްދަލުކުރައްވާފައި ވަނީ މަދު ފަހަރަކު އެވެ.










