ގައުމީ ޓީމާ އެކު މުއީނާ ވެސް ސާފް ޗެމްޕިއަންޝިޕް އަށް، ތާރީހީ ކަމެއް!

ޖަޕާނުގައި ކުރިއަށްދާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕްގެ ތެރެއިން މުއީނާ: ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއީނާ އަކީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގައި ހިމެނިގެން މަސައްކަތް ކުރާނެ ފުރަތަމަ އަންހެން އޮފިޝަލް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޖަޕާނުގައި ކުރިއަށްދާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕްގެ ތެރެއިން މުއީނާ: ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއީނާ އަކީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގައި ހިމެނިގެން މަސައްކަތް ކުރާނެ ފުރަތަމަ އަންހެން އޮފިޝަލް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ކުޅިވަރު ސަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވޭ ކުރީގެ އެއް ވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، މުއީނާ، ފިޓްނަސް އިންސްޓްރަކްޓަރު/ ޓްރެއިނަރުގެ ގޮތުގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ގައުމީ ފިރިހެން ފުޓްބޯޅަ ޓީމާ އެކު މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ދާނެ އެެވެ.

މިއީ، ގައުމީ ފިރިހެން ޓީމާ އެކު އަންހެން އޮފިޝަލަކު ސަރަހައްދީ ބޮޑު ފުޓްބޯޅަ މުބާރާތުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިއީ ތާރީހީ ބޮޑު ކަމެކެވެ. ތާރީހުގައި މުއީނާގެ ނަން ލިޔެވިގެންދާނެ އެވެ.

މީގެ ކުރިން ޒުވާން ގައުމީ ފުޓްބޯޅަ ޓީމުތަކާއި ގައުމީ އަންހެން ޓީމުގައި ވެސް މުއީނާ ވަނީ މަސައްކަތް ކޮޮށްފަ އެވެ. އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރު އަދި 23 އަހަރުން ދަށުގެ ޖޫނިއާ ޓީމުތަކުގެ ފިޓްނަސް ކަންކަމުގައި އިސްކޮށް އެހީތެރިވުން ހިމެނެ އެވެ. އަދި އަންހެން ގައުމީ ޓީމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުން އަންނަ މަސައްކަތް ވެސް ހިމެނެ އެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ ވެސް މި ފަހަރު ސީނިއާ ފުޓްބޯޅަ ޓީމާ އެކު ކުރެވޭ މަސައްކަތް ހާއްސަވާނެ އެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިއީ ހަގީގަތުގައި އަޅުގަނޑު ކުރި މަސައްކަތުގެ އަގުވަޒަންކޮށް މި ވަރުގެ ޒިންމާއެއް ހަވާލުކުރީތީ،" ޖުމްލަ އެކު، 15 ފަހަރު ރާއްޖޭގެ އެއް ވަނަ އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދި މުއީނާ ބުންޏެވެ.

"އަބަދުވެސް ހުވަފެނެއް އެއީ ގައުމީ ސީނިއާ ޓީމާ އެކު މަސައްކަތް ކުރުމަކީ،"

ޖަޕާނުގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން މުއީނާ: ޓީމުގެ ކުޅުންތެރިން ފިޓްކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ މުއީނާ އަށް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ފަސް ވަރަކަށް ކުރިން, 2018 ވަަނަ އަހަރު ދިން ފުރުސަތެއްގައި ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި މުއީނާ ވަނީ ފިޓްނަސް އާއި ރިހެބިލިޓޭޝަނުން ތައުލީމީ ގޮތުން ވެސް މަތީ ލެވަލްގެ ގިނަ ކަންތައްތަކެއް ދަސްކޮށް، ތަޖުރިބާ ވެސް ހާސިލްކޮށްފަ އެވެ.

ފުޓްބޯޅަ ކުޅުންތެރިން ނޫނަސް އެކިއެކި ކުޅިވަރުތަކުގެ ގައުމީ ލެވަލްގެ ކުޅުންތެރިން އަނިޔާވެގެން އޮޕަރޭޝަނެއް ކުރުމަށް ފަހު، އަލުން ފިޓްވެގެން ދަނޑާ ހަމައަށް އަންނަން ކުރާ ދަތުރުގައި އެހީތެރިއެއްގެ ރޯލުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ނަން ހިނގާ އެއް ނަމަކީ މުއީނާ އެވެ.

އެ ގޮތުން، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް ބަލާއިރު، އަހުމަދު ރިޒްވާން (ރިޒޭ)، އަލީ ފާސިރު (ސެންޓޭ)، ޔަސްފާދު ހަބީބު (މުލަކޭ)، މުހައްމަދު ޖައިލަމް (އޮގީ) މީގެ ކުރިން މުއީނާއާ އެކު ރިހެބިލިޓޭޝަން ކުރިއަށްގެންދިޔަ އެވެ. މި ވަގުތަށް ބަލާއިރު، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ފިޓްވާން ކުރަމުން އަންނަ މަސައްކަތުގައި އެހީވަނީ މުއީނާ އެވެ.

އަނިޔާ އާއި ފިޓްނަސްގެ އެކި ކަންކަމުގައި ލަފާ ހޯދަން މުއީނާ ކައިރިއަށް ދާ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނެ އެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު، މުއީނާ ބުނީ ސީނިއާ ގައުމީ ޓީމުގައި މަސައްކަތްކުރަންޖެހޭ މާހައުލު ވެސް ފަސޭހަ ކަމަށެވެ.

ގައުމީ އަންހެން ޓީމުން މާލޭގައި ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން މުއީނާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ވަރަށް ގުޅިގެން ވަރަށް ފަސޭހަކޮށް އަސްލު ސީނިއާ ޓީމާ އެކު ވެސް މަސައްކަތް މި ދަނީ، ކޯޗިން ސްޓާފުން އަދި ކުޅުންތެރިން ވެސް ވަރަށް ސަޕޯޓިވް،" ޖަޕާނުގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުގައި މުއީނާ ބުންޏެވެ.

"މި ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް، މޮޓިވޭޝަނެއް، މިއީ މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަންކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ސަޕޯޓެއް،"

ޖަޕާން ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ފުޓްބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ބެންގަލޫރަށް ދާނީ މި މަހު 15 ވަނަ ދުވަހު ކަމަށް ގައުމީ ޓީމުގެ މެނޭޖަރު، އަބްދުﷲ ޝިބާއު (ޝިބާ) ވަނީ ބުނެފަ އެވެ.

ޖަޕާނުގައި އެކުވެރިކަމުގެ އެއް މެޗު ކުޅެން ހަމަޖެހިފައިވާއިރު، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކުޅޭނީ ބޫޓާންއާ އެވެ. އޭގެ ތިން ދުވަސް ފަހުން، ބަންގްލަދޭޝްއާ ކުޅޭނެ އެވެ. އަދި ގްރޫޕް ފަހު މެޗުގައި މި މަހު 28 ވަނަ ދުވަހު ލެބަނަންއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox