ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ، ދާން ޖެހިއްޖެއްޔާ ކޯޓަށް ވެސް އެމްޑީޕީން ދާނެ

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ، ދާން ޖެހިއްޖެއްޔާ ކޯޓަށް ވެސް އެމްޑީޕީން ދާނެ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި އެކަން ހައްލުކުރުމަށް ޓަކައި ސުޕްރީމްކޯޓަށް ދާން ޖެހިއްޖެ ނަމަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސްކުރާނެ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީތަކުގައި އެމްޑީޕީގެ ފަރާތުން ތިއްބެވި 13 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގެންނެވުމުން، ކޮމިޓީތަކަށް މެމްބަރުން އަލުން އައްޔަން ކުރަން ޖެހެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައާއި އެފަދަ އެހެން މައްސަލަތަކުގެ ބަހުސްގެ ވަގުތު ކަނޑައަޅާ އާއްމު ކޮމިޓީ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ހާލަތާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ދެކެވަޑަައިގަންނަވަނީ މަޖިލީހުގައި މަރުތަޅެއް އެޅިފައިވާ ކަމަށެވެ.

Advertisement

ރާއްޖެޓީވީގެ "ފަލަސުރުހީ ޕްރޮގްރާމްގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލަ މަޖިލީހުގެ ތެރެއިން ހައްލުވޭތޯ އެމްޑީޕީން ބަލާނީ ވަކިވަރަކަށް ކަމަށެވެ.

"އެއަށް ހައްލެއް ނުހޯދޭ ނަމަ އަޅުގަނޑުމެންނަށް އަދި ހަމަ ގާނޫނީ ފޮތުގެ ތެރޭން އަދި އެޅޭނެ އެހެނިހެން ފިޔަވަޅުތައް ވެސް އެބަހުރި. ސުޕްރީމްކޯޓަކީ ވެސް ހަމަ އޮތް އޮޕްޝަނެއް. ޕާސަނަލީ އަޅުގަނޑަކަށް އެހާ ކޮމްފޮޓަބުލް އެއް ނޫން ތިން ބާރު މިހެން ވަކިވެފައި އޮންނަ އިރު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުނުކުރެވިގެން، ގަވައިދަށް ބަދަލު ނުގެނެވިގެން ސުޕްރީމްކޯޓަށް ދާން ޖެހުން އެއީ އަޅުގަނޑު ޕާސަނަލީ އެހާ ހިތާވާ ކަމެއްނޫން. އެހެން ނަމަވެސް ކުރަން ޖެހިއްޖެއްޔާ އަޅުގަނޑަށް ޔަގީން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތަކަށް ވެސް ގޮތެއް ނިންމުމުގެ ވޯޓަށް ވެސް ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައެއް އޮތުމުން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ބެހޭ ގޮތުން އަސްލަމް ވިދާޅުވީ ޒިންމާ އަދާނުކުރެއްވޭ ނަމަ އިސްތިއުފާދެއްވުމަކީ ވެސް އެމަނިކުފާނަށް އޮތް ފުރުސަތެއް ކަމަށެވެ. މަގާމުގައި ދެމިހުންނަވާ ހާ ހިނދަކު މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox