މާލީ މައްސަލަތަކަކާ ގުޅިގެން ސްކޮޓްލޭންޑްގެ ކުރީގެ ލީޑަރު ހައްޔަރުކޮށްފި

ސްކޮޓްލޭންޑްގެ ކުރީގެ ލީޑަރު ނިކޮލާ ސްޓާޖަން. -- ފޮޓޯ: އޭޕީ

ސްކޮޓްލޭންޑްގެ ކުރީގެ ލީޑަރު ނިކޮލާ ސްޓާޖަން. -- ފޮޓޯ: އޭޕީ

ލަންޑަން، އިނގިރޭސިވިލާތް (ޖޫން 11) - މާލީ މައްސަލަތަކަކާ ގުޅިގެން ސްކޮޓްލޭންޑްގެ ކުރީގެ ލީޑަރު ނިކޮލާ ސްޓާޖަން ހައްޔަރުކޮށްފި އެވެ.

މިއީ މާލީ މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި މީހަކު ހައްޔަރު ކުރި ތިން ވަނަ ފަހަރެވެ. އެ ތަހުގީގާ ހެދި ސްކޮޓިޝް ނެޝަނަލް ޕާޓީ (އެސްއެންޕީ) އިން ޒަމާންތަކެއް ވަންދެން ކޮންޓްރޯލް ކުރި ސްކޮޓްލޭންޑްގެ ސިޔާސީ ނިޒާމަށް ވަނީ ލޮޅުންތައް އައިސްފަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެސްއެންޕީއަށް ފަންޑު ކުރުމާއި އެ ޕާޓީގެ މާލީ ކަންކަމާ ގުޅޭ ތަހުގީގުގެ ތެރެއިން އާދީއްތަ ދުވަހު ހައްޔަރު ކުރީ އުމުރުން 52 އަހަރުގެ އަންހެނެއް ކަމަށޭވެ.

ސްޓާޖަންގެ ތަރުޖަމާނަކު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވައި، އިންޓަވިއުއަށް ވަޑައިގެންނެވީ އޭނާ އަމިއްލައަށް އިސްނަގައިގެން ކަމަށެވެ.

ފުލުހުން ބުނީ ސްޓާޖަން ބަަންދުގައި ބަހައްޓައިގެން ސުވާލު ކުރަމުންދާ ކަމަށެވެ. މިދިޔަ އެޕްރީލް މަހު އެ ތަހުގީގުގެ ތެރެއިން ސްޓާޖަންގެ ފިރިކަލުން އަދި އެސްއެންޕީގެ ކުރީގެ ޗީފް އެގްޒެކްޓިވް ޕީޓާ މުރެލް ވެސް ހައްޔަރު ކުރި އެވެ.

އޭރު ފުލުހުން ވަނީ ގްލާސްގޯގައި އެ މީހުން ދިރިއުޅޭ ގެ އާއި އެޑިންބަރާގައި ހުންނަ އެސްއެންޕީގެ މައި އޮފީސް ބަލައި ފާސްކޮށްފަ އެވެ.

އިނގިރޭސިންގެ ދަށުން ވަކިވެ، ސްކޮޓްލޭންޑަށް މިނިވަންކަން ހޯދަން ހިންގާ ކެމްޕެއިނަށް ހިލޭ އެހީގެ ގޮތުގައި އެސްއެންޕީއަށް ލިބުނު 750،000 ޑޮލަރު އެހެން ކަންކަމަށް ނެގިކަމުގެ ތުހުމަތު މުރެލްއަށް ކުރެވެ އެވެ.

މިދިޔަ އެޕްރީލް މަހު ޕާޓީގެ ޓްރެޝަރާ ކޮލިން ބީޓީ ވެސް ހައްޔަރު ކުރި އެވެ.

އަށް އަހަރު ސްކޮޓްލޭންޑްގެ ފަަސްޓް މިނިސްޓަރުގެ މަގާމު ފުރުއްވި ސްޓާޖަން މަގާމުން ވަކިވީ "ވަރުބަލިވެފައިވާ" ކަމަށް ވިދާޅުވެ މިދިޔަ މާޗް މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox