އީވާގެ އިތުބާރު ނެތް މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން އެމްޑީޕީން ހުށަހަޅައިފި

Jun 11, 2023, 2:26 AM
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ - ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ - ފޮޓޯ: މަޖިލީހުގެ އިދާރާ

އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާތީވެ، މަޖިލީހުގެ އަމީން އާންމު ދައްކަވަނީ އުޒުރު ކަމަށާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާއިން އިސްތިސްނާ ކުރެވޭނެ އެއްވެސް ހަމައެއް ގަވާއިދުގައި ނެތް ކަމަށް ބުނެ، އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމެނުމަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އަށް ރޭ ފޮނުއްވި ސީޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން އެ ގަރާރުގެ ލިޔުން ލިބޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެ ގަރާރުގެ ނޯޓިސް މަޖިލީހުގެ އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށް ފަހު، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ފަހު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމެވެ. އެ އުސޫލުން މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާކުރަންޖެހެ އެވެ.

"12 ޖޫން 2023 ވަނަ ދުވަހު [މާދަމާ] ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމު ކަމުގައި ދަންނަވަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާތީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްތިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖްނޑާކޮށް ދެއްވުމަށް ދަންނަވަމެވެ،" އަސްލަމްގެ ސިޓީގައިވެ އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން އުނިކުރި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިޔުޝާ އެންގެވުމާއެކު އެ ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގަތް އަސްލަމް ހަމަ އެ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ހުއްޓުނީ ނަޝީދަށް ތާއިދު ކުރައްވާ މަޖިލީހުގެ 13 މެމްބަރަކު، އެ މަނިކުފާނު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް ބަދަލުވުމާއެކު މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް އަންނަ ބޮޑު ބަދަލު ފާސްކުރަންޖެހޭ ކަމަށް ބުނެ އެވެ. ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީ ދޫކޮށްލި ނަމަވެސް، މަޖިލީހުގައި އެ ޕާޓީއަށް އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލިގެން ނުދެ އެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި، އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި އޮތް ދަނޑިވަޅެއްގައި ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ ކަމަށް ބުނެ މަޖިލީހުގައި މަރުތަޅު އެޅުނު މިއީ ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު އަސްލަމް ނިޔުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ އެމްޑީޕީއަށް މިހާރު ވެސް މަޖިލީހުގެ 64 ޕަސެންޓު މެޖޯރިޓީ އޮތްއިރު، ކޮމިޓީތަކުގެ މެޖޯރިޓީ ޕާޓީއަށް ގެއްލޭ ގޮތަށް ކޮމިޓީތައް ތަރުތީބުނުކުރުމަށެވެ. އެއީ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަށް އެދުނު އެދުމެއް ކަމަށް ނިޔުޝާ ވިދާޅުވަނީ ކޮމިޓީތައް އެކުލަވާނުލުމަށް އުޒުރު ދެއްކެވުމުގެ ގޮތުން ކަމަށް އަސްލަމް ރޭ ފޮނުއްވި ސީޓިގައި ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެއް ކަމުގައިވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެމްޑީޕީ ދޫކޮށް، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގަތުމުންނެވެ. އެމްޑީޕީގެ މެންބަރުންނަށް އީވާގެ އިތުބާރު ގެއްލުނު ނަމަވެސް، ނައިބު ރައީސްގެ މަގާމު ދޫކޮށްލައްވަން އޭނާ ބޭނުންފުޅެއް ނުވެ އެވެ.

ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ނަމަވެސް، އެ މެމްބަރުން މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާނީ މިނިވަން މެމްބަރުންގެ ގޮތުގަ އެވެ. އެއީ އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ނުކުރާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox