ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓާއެކު ގާސިމަށް ނަޝީދުގެ މަރުހަބާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ)، އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : ޖުމްހުރީ ޕާޓީގެ ޓިކެޓާއެކު ގާސިމަށް ނަޝީދުގެ މަރުހަބާ ކިޔައިފި - ފޮޓޯ: މަޖިލިސް އިދާރާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ)، އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : ޖުމްހުރީ ޕާޓީގެ ޓިކެޓާއެކު ގާސިމަށް ނަޝީދުގެ މަރުހަބާ ކިޔައިފި - ފޮޓޯ: މަޖިލިސް އިދާރާ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހުރީ ޕާޓީގެ ޓިކެޓު ރަސްމީކޮށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހަވާލުކުރުމާއެކު، އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު، މިއަދު ކުރެއްވި ޓުވީޓެއްގައި ގާސިމަށް މަރުހަބާ ވިދާޅުވުމަށް ފަހު ވިދާޅުވީ "މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް" ކަމަށެވެ.

ދަ ޑިމޮކްރެޓްސް ގެ ނަމުގައި އާ ޕާޓީގެ މަސައްކަތް ފެށުމުގެ ކުރިން، އެމްޑީޕީގެ ތެރޭގައި 'ފިކުރެއްގެ ދިރުން' ގެ ނަމުގައި ފެކްޝަން ހިންގެވިއިރު ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ގާސިމް އަދި ޖޭޕީއާއެކު ނަޝީދު މަޝްވަރާތަކެއްވެސް ކުރި އެވެ. އެހެން ނަމަވެސް ފިކުރެއްގެ ދިރުމުން އުފައްދާ 'ދަ ޑިމޮކްރެޓްސް' އިން ވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެކަން އިއުލާނުކޮށްފަ އެވެ.

އަޑުފެތުރިފައިވާ ގޮތުގައި ނަޝީދު، ހުށަހެޅުއްވި، ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ނުކުތާތަކަށް ގާސިމް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެއަށްފަހު ގާސިމް އަމިއްލަ ޓީވީ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. "އެ ހުށަހެޅި ކަރުދާހަށް ބެލީމަ ފެންނަނީ އެބޭފުޅާ ވެރިކަމަށް ގެންނަން މަގު ކޮށައިދޭ މީހަކަށް."

ގާސިމަށް ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ރަސްމިއްޔާތު ފަށަން ހަމަޖެހިފައި އޮތީ 08:30 ގަ އެވެ. އެހެންނަމަވެސް 10:00 ޖަހަން ކުޑަތަންވި ފަހުން ޖަލްސާ ފެށީ ސަޕޯޓަރުންގެ އަދަދު މަދުވުން އެ ތަނުގައި ޖަހާފައިހުރި ގޮނޑިތައް ނެގުމަށްފަހު އެވެ.

ގާސިމްގެ ރިޔާސީ ދަތުރު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފައި ވަނިކޮށް ޖޭޕީން ވަކިން ވާދަކުރަން ނިންމީ މާޗު 14 ގަ އެވެ. އެގޮތަށް އެ ޕާޓީއިން ނިންމީ ރައީސް, ގާސިމްއާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

އެއާކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ޖެހުމަށް ނިންމަވައި ގާސިމަށް ތާއިދުނުކުރާކަން ހާމަކުރެއްވި އެވެ. އެގޮތުން, އެންމެ ފުރަތަމަ ޕާޓީއާ ދުރަށް ޖެހި އިސްތިއުފާދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ. އޭނާ ވިދާޅުވީ ގާސިމަށް ރިޔާސީ އިންތިހާބު ކާމިޔާބުވާތަން ނުފެންނަ ކަމަށެވެ. އެއަށްފަހު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ވަނީ ޕާޓީ ދޫކުރެއްވި އެވެ. އޭގެއިތުރުންވެސް, ޖޭޕީގެ ތެރޭގައި ތިއްބެވި ރައީސް ސޯލިހަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ޖެހިފަ އެވެ.

ނަމަވެސް، ޖެޕީން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލާ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންގޮސްފަ އެވެ. ރިޔާސީ ޓިކެޓު ގާސިމަށް ލިބުނީ ޕްރައިމަރީގައި ގާސިމްއާ ވާދަކުރާނެ އެހެން ބޭފުޅަކު ނުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox