ނ ގައި އުބުފިލި ޖަހައިގެންވެސް ނުބުނާށެވެ!

ނ ގައި އުބުފިލި ޖަހައިގެންވެސް ނުބުނާށެވެ!

މިއަޑަކީ މިފަހުން ވަރަށް ގިނައިން ދަރިންނާއި ދަރިވަރުން ގާތުގައި ބުނާތީ އިވޭ އަޑެކެވެ. ދުވަހަކަށް ފަހު ދުވަހެއް މިއަޑު އިވޭލެއް ގިނަވުމުން އައިސް ބޮލަށް އުނދަގޫވާވަރުވުމުން މިކަމާއިމެދު ވިސްނާ ފިކުރު ހިންގަން ފެށުމުން އެނގުނީ މިގޮތަށް މި ލަފުޒު ބޭނުންކޮށް ނޫޅޭ ތަނެއް ބޭނުންނުކުރާ ބައެއް ނެތްކަމުގަ އެވެ. ވާހަކަ ދެއްކުމާއި ބަސް ބޭނުންކުރުމުގައި ބަދަލު ނައިހެއް ނުދާނެ އެވެ. އެކަމަކު އޭގައި ވެސް ވަކި ހުދޫދެެއް، ހައްދެއް އޮންނަން ޖެހޭނެ އެވެ.

ބަދަލުވީ ކޮންއިރަކު ކީއްވެ؟

ޒަމާނާއެކު ވާހަކަ ދެއްކުމުގެ ތެރެއަށް އަންނަ ބަދަލުވަމުން އަންނަ ވާހަކަ ދެއްކުމުގެ ތެރެއިން ނުތޮޅޭނެ, ނުބޯނެ އަދި ނުބުނާނެ ފަދަ ލަފުޒުތައް މިއަދުގެ ދިވެހިން ބޭނުންކޮށް އުޅެނީ ތޮޅެގެން ނުވާނެ! ބޮއިގެން ނުވާނެ! ބުނެގެން ނުވާނެ! ބޭނުންކޮށް އުޅުނު ހާލަތްތަކަށެވެ.

Advertisement

ބަޔަކު މީހުން ކުރާކަމެއް ހުއްޓުވަން ކުރާ އަމުރެއްގެ ގޮތުން ބޭނުންކޮށް އުޅުނު މިލަފުޒުތައް މީގެ މާނަ އަރާރުންވާ ގޮތަށް ބޭނުން ކުރަންފެށީ ވަކިމިވެނި ހިސާބަކުންނެކޭ އަޅުގަނޑަށް ބުނަން ނޭނގުނެއް ކަމަކު, މިކަން ފާހަގަ ކުރެވެން ފެށީ މީގެ ދެތިން އަހަރު ކުރިން ކުލާސްތަކުގެ ތެރޭގައި މުދައްރިސުން ބޭނުން ކުރާއަޑު އިވެން ފެށި ހިސާބުންނެވެ.

ނުތޮޅާނެ, ނުބުނާނެ, ނުބޯނެ މި ބަސް ބޭނުން ކުރެވޭނެ ހާލަތްތަކަކީ ކޮބާ؟

ނުތޮޅޭނެ, ނުބޯނެ, ނުބުނާނެ ފަދަ ލަފުޒުތައް ބޭނުން ކުރެވޭނީ ކޮން ހާލަތްތަކަކަށްތޯ ބަލައިލާއިރު މި ލަފުޒު ބޭނުން ކުރެވޭނީ މީހަކު ކަމެއް ކުރަން އުޅޭއިރު އެކަމަކު ހަގީގަތް ދެނެ ހުރި މީހާ އަނެކަކަށް އެކަމުގެ މައުލޫމާތު ދޭ ހާލަތެއްގަ އެވެ.

މިސާލަކަށް، ފާތުމަދައިތަ މަގުމަތީގައި ހިނގައިފައި އަންނަނިކޮށް އައިމިނަގެ ދެދަރިންކަމުގައިވާ އަލީ އާއި އަހުމަދާ ދެ ކުދިން ކޮންމެ ވެސް ކަމާދެބަސްވެ މަގުމަތީގައި ތަޅާފޮޅައިގަނެގެން އުޅޭތަން ފެނިއްޖެ އެވެ. މި ތަންފެނިފައި ފާތުމަދައިތަ ދުވެފައި ގޮސް, ގޭތެރެއަށް ވަދެ އައިމިނަ ގާތު މިވާހަކަ ބުނެފި އެވެ. ހަމަ ބުނުމާއެކު އައިމިނަ ނުރުހިފައި ހުރި ގޮތަކަށް މޫނު ހަދާލައިފައި "އެ ކުދިން ނުތޮޅޭނެ" ބުނެލި އެވެ. އައިމިނަ މިހެން ބުނުމުން ފާތުމަދައިތަ ބުނާނެ އެއްޗެއް ވެސް ނޭނގިގެން ހުރެފައި އަވަހަށް އެތަނުން ނުކުމެއްޖެ އެވެ.

ކަމުގެ ހަގީގަތް ބަލައިވެސް ނުލައި އައިމިނަ މިހެން ބުނީ އައިމިނައަކީ އަބަދުވެސް ދަރިން ދޮންފުތު ކޮށްގެން ގެންގުޅޭ މީހަކަށް ވާތީ އެވެ. ދަރިން ދޮންފުތު ނުކުރާ މީހަކަށް ވެސް އަދި އެހެން މީހަކަށްވެސް އެތަން ބަލައިފައި ވެސް އަދި ނުބަލާވެސް, ދިވެހި ބަހުގެ ހަމަތަކުގެ މަތިން "އެކުދިން ނުތޮޅޭނެ" ބުނެވޭ އެއްވެސް ހަމައެއް އޮންނާނެ ކަމެއް އަޅުގަނަޑަކަށް އެނގިފައެއް ނެތެވެ.

ބަސްބުނާ ޒަމާން

ހައްވަދައިތަ ގޭތެރެއަށް ވަދެ ބުނެދިން ވާހަކައަށް ބަލައި, އައިމިނަ "ނުތޮޅޭނެ" މިލަފުޒު ބޭނުން ކުރި ޒަމާނަށް ބަލާއިރު ނުތޮޅާނެ އެ ބޭނުންކުރީ އަންނަން އޮތް ޒަމާނަށް ފެތޭގޮތަށެވެ. އެކަމަކު ހައްވަދައިތަ އެބަސް ބޭނުން ކުރީ ވޭވޭ ހުރިކަމަކަށް އިސާރާތް ކޮށްފައެވެ. އެހެންކަމުން އައިމިނަ އެބުނި އެއްޗަކީވެސް ފާތުމަދައިތަ ބުނި އެއްޗާ ގުޅޭ ލަފުޒެއް ވެސް ނޫނެވެ. އެއީ "ނުތޮޅާނެ" އަކީ އަންނަން އޮތް ޒަމާނަށް ބޭނުން ކުރެވޭނެ ލަފުޒަކަށް ވާތީއެވެ.

ދެން މި ހާދިސާގެ އެހެން ފަރާތަކުން ބަލައިލާނަމެވެ. ހައްވަ ދައިތަ ދުވެފައި ގެއަށް ވަދެ އެކުދިން ތަޅިނިއްޔޭ ބުނުމުން އައިމިނަ ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. ފަހަތުން ހައްވަދައިތަ ވެސް ނުކުތެވެ. އޭރު މަގުމަތީގައި ހިރަފުސް ނަގައިފައި އަހައްމަދާއި އަލީ ތަޅާފޮޅަނީއެވެ. އައިމިނަ ބަލާކަށް ނުހުރެ ކައިރިއަށް ލެފިލައިފައި އިނގިލި ދިއްކޮށްފައި ދެރަވާގޮތަކަށް މޫނު ހަދާލައިފައި "ތިކުދިން ނުތޮޅޭނެ" ބުނެލިއެވެ. އައިމިނަ މިހެންބުނުމުން މިފަހަރުވެސް ފާތުމަދައިތަ ބުނާނެ އެއްޗެއް ވެސް ނޭނގިގެން ފާޑަކަށް އަނގަ ހުޅުވިފައި ހުއްޓެވެ.

މި ހާދިސާގައި އައިމިނައަށް އެބުނެވުނީ މިހާރު އެކުދިން ތަޅަންތިބި ތަޅާލުންގަނޑުގެ ވާހަކައެއް ނޫނެވެ. އެހެން ވަގުތަކުން ނުވަތަ އެހެން ދުވަހަކުން އެކުދިން ރާވާފައިއޮތް ތަޅާލުންގަނޑެއްގެ ވާހަކަ އެވެ. އެ ތަޅާލުންގަނޑުގައި ނުތަޅާނެ ވާހަކައެވެ. އެހެން ވީމާ އަސްލު މިހާރު ކުރިޔަށް ދާ ތަޅާލުންގަނޑެއްގެ ކުރިޔަށް ގެންގޮސް ނިންމާލީމާ އެއޮތީ ނިމިފައެވެ.

ތަޅާފޮޅާ ކުދިބައެއްގެ ގާތަށް ގޮސް "ތިކުދިން ނުތޮޅޭނެ" ބުނުމުން ދެހަވަނީ; ޒަމާނުން ފެށިގެން ކޮށްއުޅުނު އަމުރެއްގެ ބާރުކަނޑުވާލާ ބަހުގެ ޤަދަރު ވެއްޔާ މޮޑެވިގެން ދާކަމެވެ. އަދި އެބުނާ މީހާ އެކުދިންގެ ކުރިމަތީގައި އެއްވެސް އުރައްޕެއް ނެތްކަމެވެ. ނުވަތަ އޭނާގެ ފިނޑިކަމެވެ.

ތަޅާލުންގަނޑު ކުރިޔަށް ދިޔަސް, ނިމިފައި އޮތް ތަޅާލުންގަނޑަކަށް ވިޔަސް، އަދި ރާވާފައި އޮތް ތަޅާލުންގަނޑަކަށް ވިޔަސް, އެކުދިންނަށް ބުނެދޭ މީހަކު ބުނެދޭން ޖެހޭނީ "ތިކުދިން ތަޅައިގެން ނުވާނެ" ކަމެވެ. އެއީ އަމުރެކެވެ. ލޯބިންވިޔަސް, ޖެހިލުންވިޔަސް , ޖެއްސުމަށް ވިޔަސް އެނޫން ގޮތަކަށް ބުނެފިނަމަ އެބުނުން ނުބައިވާނެއެވެ.

ބޭނުން ކުރަނީ ކީއްވެ؟ އަދި ނަތީއްޖާ އަކީ ކޮބައި؟

މި ގޮތަށް މިބަސް ބޭނުންކުރަނީ ކީއްވެގެންތޯ ބައެއް މުދައްރިސުންނަށް ސުވާލުކޮށް ލުމުން ބުނަނީ އެއީ ދަރިވަރުންނާ ދިމާއަށް ނުވާނެ! ބޭނުން ކުރުމަކީ ހުތުރު ގޮތެއްކަމާ އަދި އެގޮތަށް އެެބަސް ބޭނުން ކުރުމުން ވަރަށް ދުރުވާހެން ހީވާ ކަމަށެވެ. ބައެއް ބެލެނިވެރިން ނުވަތަ މައިންނާ ވާހަކަ ދައްކާލުމުން އެނގުނީ އެ ބޭފުޅުން ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭބޭފުޅުންވެސް ބުނުއްވަނީ ދަރިންނާ ވާހަކަ ދައްކަން ޖެހޭނީ ލޯބިންކަމާ އެނޫން ގޮތްގޮތަށް ވާހަކަ ދެއްކުމުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކުރާކަމުގައެވެ. އަދި ބައެއް ފަރާތްތަކުން ބުނެދީފައި ވާ ގޮތުގައި އެކުދިންނާ ވާހަކަ ދައްކާއިރު އެއްވެސް ވަރަކަށް "ނ ގައި އުބުފިލި" ޖަހައިގެން ބޭނުން ކުރުމަކީ އެއްވެސް ވަރަކަށް ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ.

މި ގޮތަށް މި އަމުރުގެ ބާރު ކަނޑުވާލައިގެން ބަހުގެ މާނަ އޮޅޭ ގޮތަށް ބޭނުންކުރަން ފެށުމުން ކުދިންގެ ދިރިއުޅުމަށް ވަކިބަދަލެއް އާދޭތޯ ސުވާލުކުމުން ގިނަ ފަރާތްތަކުން ބުނަނީ އެކަމުން އަދި ވަކި ހެޔޮ ބަދަލެއް ފެނިގެން ނުދާކަމުގަ އެވެ.

އަޅުގަނޑު ހިތަށް އަރަ އެވެ. މި އަމުރު މިހެންގޮސް އާންމުވުމުން, އަޅުގަނޑުމެން ޑޮކުޓަރަށް ދިޔާމާ ރަނގަޅަށް ބަލައިފައި "ކަލޭ ގެ ފުއްޕާމޭ ތިހިރީ އެއްބައި ހަލާކުވެފަ! ދެން ތީނަ ސިނގިރެޓެއް ނުބޯނެ!" މިހެން ބުނެފާނެ ބާ އެވެ. މަގުމަތީގައި އެއްކަލަ އަލީ އާއި އަހައްމަދު ބޮޑެތިވެގެން މާރާމާރީ ހިންގާ އެކަކު ފުރާނަ ދިޔުމުން އެތަނަށް ޕޮލިސް އައިސް "ހޯހޯ, ތިހެނެއް ނޫޅޭނެ. މަގުމަތީގައި ވަޅިއެއް ނަހަރާނެ" މިހެން ބުނެފާނެ ބާއެވެ.

ނިންމާލުން

ދަރިވަރުންނަށްވެސް އަދި ދަރިންނަށްވެސް އަޅުގަނޑުމެން ކަންތައްތައް ކޮށްދޭން ޖެހެނީ ހިތްހެޔޮ ކަމާއިއެކު ލޯބިންނެވެ. ކަންތައްތައް ދަސްކޮށްދޭން ޖެހޭނީ ވެސް މަކަރާ ހީލަތަކުން ނޫނެވެ. އަޅުގަނޑުމެން ނ ގައި އުބުފިލި ޖެހިބަހެއް ނީއްވާ ގެންގުޅުމުން، އާހިރުގައި އެކުދިންނަށް ވާނެ ގެއްލުންތަކަށް ވިސްނާލާން ޖެހޭނެ އެވެ. ދިރިއުޅުމަށް އެކުދިން ނުކުތުމުން ނ އުބުފިލީ ގެ އަޑު ނާހާ އުޅެވިދާނެބާ އެވެ. ޅައިރުންސުރެ ދިރިއުޅުމާ ބީރައްޓެހި ގޮތްގޮތަށް ގެންގުޅޭނަމަ ވައިމަތިންދާ މީހަކު "ނުގޮތަކަށް ކަރުކެހިލިޔަސް" އެއީ ގަނާކުރުން ނޫން ކަމަށް އެކުދިންނަށް ވެދާނެތޯ އެވެ.

ދިރިއުޅުމަށް ތައްޔާރުކުރާ ކުދިބަޔަކަށް, ދުނިޔޭގައި އަބަދު އަންނާނީ އުފަލާއި ހިތްހަމަ ޖެހުން ނޫން ކަމާއި، ހިތާމަޔާއި ހިތްދަތިކަމާއި އާޑަ ފުރައްސާރައިން ސަލާމަތް ނުވާނެކަން އެނގެން ޖެހޭނެވެ. ކުދިއެއްޗިއްސަށް ކުދިރާޅުކަމާ ބޮޑެތި އެއްޗިއްސަށް އަންނާނީ ބޮޑެތި ރާޅުކަން ދަސްކޮށްދޭން ޖެހޭނެއެވެ. ރެކެން ޖެހޭ ރާޅުން ރެކުމާއި ކަފާލަންޖެހޭ ރާޅު މެދުން ކަފާނުލެވޭނަމަ ހަޔާތުގެ އައްސޭރިއަށް ވާސިލުވެވޭވަރު މާލިމީއަކަށް ނުވެވޭނެކަން އަންގައިނުދީއެއް ނުވާނެއެވެ. މިތަނުގައި އަޅުގަނޑު މި ދެމި ހާސަރު, ތާކުންތާކު ނުޖެހިގެން ތިޔަ ބޭފުޅުން "ނ ގައި އުބުފިލި ޖައިގެން އަޅުގަނޑަށް އެއްޗެއް ނުބުނާނެ" އެކޭ އަޅުގަނޑު ނުބުނާނަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox