ނަޝީދުގެ އިތުބާރު ނެތް މައްސަލަ 54 ސޮޔާއެކު މަޖިލިހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު؛ ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލާގައި 54 މެންބަރަކު ސޮއިކޮށްފައި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު؛ ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލާގައި 54 މެންބަރަކު ސޮއިކޮށްފައި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެންބަރުންގެ ސޮޔާއެކު މަޖިލިހަށް މިއަަދު ހުށަހަޅައިފި އެވެ.

ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް ބުނެ އެވެ.

އޭރުން ފެށިގެން އެ މައްސަލައަށް މެމްބަރުންގެ ސޮއި ހަމަކުރަމުންދާއިރު "އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގަައި 54 މެމްބަރުންގެ ސޮއި ވަނީ އިއްޔެ ހަމަކޮށްފަ އެވެ. މަޖިލިހުގެ އިދާރާއަށް މިއަދު މައްސަލަ ހުށަހަޅާފައިވަނީ އެ އަދަދަށް ސޮއިކޮށްފައިވާ ގަރާރެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރާއި، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދު ވެސް ހިމެނޭހެން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެމްބަރުންގެ ނަންތައް ހާމަކޮށްފައި ނުވެ އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.

ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވި ފަހުން އެމަނިކުފާނު ގެންދަވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސޮއިކުރެއްވުމުން، އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓިން ނިންމުމާއެކު، ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް 12 މެންބަރަކު އެމްޑީޕީން ވަކިވި އެވެ.

ނަޝީދަަށް ތާއީދުކުރާ މީހުން އަންނަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 3،564 މީހުންގެ ސޮއި ހިމެނޭ ފޯމުތައް ހުށަހަޅާފައިވާއިރު، މިހާރު ދަނީ އީސީން ފޯމުތަކުގެ ސައްހަކަން ބެލުމުގެ މަރުހަލާ އެވެ. 3،000 ސައްހަ ފޯމު އޮތް ކަން ޔަގީންކުރެވުމުން، ޕާޓީ އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox