އީސީން ބުނީ ޑިމޮކްރެޓްސްގެ ފޯމުތައް ކޮމިޝަންގެ ތެރެއިން ލީކުނުވާ ކަމަށް

ޑިމޮކްރެޓްސްއިން ބަހައްޓާފައިވާ ކޭމްޕެއްގައި ޕާޓީއަށް މެންބަރުން ސޮއިކުރުމުގެ މަސައްކަތް ކުރަނީ؛ ޑިމޮކްރެޓްސް އިން ހުށަހެޅި ފޯމުތައް ލީކުވެފައިވާ ވާހަކަ ދޮގުކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑިމޮކްރެޓްސްއިން ބަހައްޓާފައިވާ ކޭމްޕެއްގައި ޕާޓީއަށް މެންބަރުން ސޮއިކުރުމުގެ މަސައްކަތް ކުރަނީ؛ ޑިމޮކްރެޓްސް އިން ހުށަހެޅި ފޯމުތައް ލީކުވެފައިވާ ވާހަކަ ދޮގުކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދާއެކު އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައިވާ މީހުންގެ ފޯމުތައް ލީކުކޮށްލާފައިވާ ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ކުރައްވާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހަށް ވެސް މި ކަން ބަލަން މައްސަލައެއް މިއަދު ހުށަހަޅާފައިވަނިކޮށް، އީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފޯމުތައް ލީކުވުމަކީ ކޮމިޝަންގެ ތެރެއިން ހިނގި ކަމެއް ނޫން ކަމަށެވެ.

"މިފަދަ އެއްވެސް އަމަލެއް، މި ކޮމިޝަންގެ މެންބަރަކު އަދި މުވައްޒަފަކު ވެސް ހިންގާފައިނުވާ ކަމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ." ޓްވިޓާ މެދުވެރިކޮށް އީސީން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ފޯމުތައް ލީކުވެ، ސަރުކާރުގެ އިސް ބޭފުޅުން އެ ފޯމުތައް ފުރި މީހުންނަށް ދަނީ ބިރު ދައްކަމުންނެވެ.

އެ ގޮތުން ފޯމު ފުރި މީހުންގެ ލިސްޓު ޗެކުކޮށް، އެއިން ސްޓޭންޑް ލޯނާއި، ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބަލާފައި އެ މީހަކަށް ގުޅައި އެ ކަމެއް ހަމަޖައްސައިދޭނީ ޑިމޮކްރެޓްސްއަށް ކޮށްފައިވާ ސޮއި އަނބުރާ ގެންދިޔުމުން ކަމަށް އަންގަމުންދާ ކަމަށް ހަސަން ހުށަހެޅުއްވި މައްސަލާގައި ތުހުމަތު ކުރައްވާފައިވެ އެވެ.

ނަޝީދަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލިހުގެ 13 މެންބަރަކާއި، ވަރަށް ގިނަ ކައުންސިލަރުންނާއި އާންމުން ހިމެނޭހެން އީސީއަށް މި މަހުގެ ފުރަތަމަ ދުވަހު ހުށަހަޅާފައިވަނީ 3،564 ފޯމެވެ.

ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެންބަރުންނެވެ. އީސީން މެއި 24, ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގާފަ އެވެ.

ނަޝީދު އަންގަވައިގެން އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލާގައި ސޮއިކޮށްގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާއެކުގަ އެވެ.

ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށްފަހު ނަޝީދު ގެންދެވީ އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފައްދައިގެނެވެ. އެއީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ވެސް ނަޝީދު ބޭނުންކުރެއްވި ޝިޔާރެވެ.

ނަޝީދަކީ 2008، 2013، އަދި 2018 ގައި ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އިންތިހާބުކުރި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް 2018 ގައި ނަޝީދު ޖަލު ހުކުމެއްގައި ހުންނެވުމުން ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ. އެ ފަހުން، އެމްޑީޕީގެ އެތެރޭގެ މެޖޯރިޓީ ސޯލިހު ވަނީ ހޯއްދަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox