މޮސްކޯ، ރޝިއާ (ޖޫން 6) - ރަޝިއާއިން ކޮންޓްރޯލް ކުރާ ޔޫކްރެއިންގެ ދެކުނުގައި ބޮޑު ޑޭމްއަކަށް އަންގާރަ ދުވަހު ހަމަަލާ ދިނީ ޔޫކްރެއިނުން ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި އެވެ.
ރަޝިއާއިން ބުނީ ޔޫކްރެއިނުން އެ ހަމަލާ ދިނީ ރަޝިއާއިން ކޮންޓްރޯލް ކުރާ ކްރައިމިއާއަށް ފެން ނުލިބޭ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ޔޫކްރެއިނުން އެ ތުހުމަތު ދޮގުކުރެ އެވެ.
ހަމަލާ ދިން ކާކްހޯވްކާ ޑޭމް އޮންނަނީ ޑްނީޕްރޯ ކޯރުގަ އެވެ. ރަޝިއާއިން ބުނީ އެއީ ޔޫކްރެއިނުން ގަސްދުގައި ދިން ހަމަލާއެއްކަން ސާފު ކަމަށެވެ.

އެކަމަކު ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ބުނީ އެ ހަމަލާ ދިނީ ރަޝިއާއިން ކަމަށެވެ. ހަމަލާއާ ހެދި ރަޝިއާއިން ކޮންޓްރޯލް ކުރާ ސިޓީއެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
އޭގެ އިތުރުން ޑޭމްއާ 150 ކިލޯމީޓަރު ދުރުގައި ހުންނަ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓަށް ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.










