ޓޮޓެންހަމްގެ އާ ކޯޗަކީ ޕޮސްޓެކޮގްލޫ

Jun 6, 2023, 10:36 AM
ޓޮޓެންހަމްގެ އާ ކޯޗަކީ ޕޮސްޓެކޮގްލޫ

ލަންޑަން (ޖޫން 6) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗަކަށް ކުރިން ސެލްޓިކްގައި ހުރި އަންގޭ ޕޮސްޓެކޮގްލޫ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަަމަޖައްސައިފި އެވެ.

ޓޮޓެންހަމް އިން 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ފަހުން، ޕޮސްޓެކޮގްލޫ އަކީ އެ ޓީމާ ފުލްޓައިމްކޮށް ހަވާލުވާނެ ހަތަރު ވަނަ ކޯޗެވެ. އެ ގޮތުން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ޕޯޗުގީސް ދެ ކޯޗުން ކަމަށްވާ ނޫނޯ އެސްޕިރީޓޯ ސަންޓޯ އާއި ހޯސޭ މޮރީނިއޯ އަދި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ވެސް އެކަށީގެންވާ ވަގުތެއް ނުލިިބި ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ.

މިދިޔަ މާޗް މަހު ކޮންޓޭ ވަކިކުރުމަށް ފަހު، ޓޮޓެންހަމް އިން ސީޒަންގެ ބާކީ ބައި ފުރިހަމަ ކުރީ ދެ ވަގުތީ ކޯޗުންނާ އެކު އެވެ. އެ ގޮތުން ފުރަތަމަ ހަވާލުވި، ކްރިސްޓިއަން ސްޓެލީނީ ވަކިކޮށް ދެން އެ ޓީމުގެ ކޯޗުގެ ޒިންމާ ހަވާލުކުރީ ރަޔާން މޭސަންއާ އެވެ.

Advertisement

އޮސްޓްރޭލިއާ އަށް އުފަން ކޯޗު، ޕޮސްޓެކޮގްލޫ ،57، ވަނީ މި ސީޒަންގައި ސެލްޓިކާ އެކު ތިން ތަށި ކާމިޔާބުކޮށްފަ އެވެ. ޕޮސްޓެކޮގްލޫ އަކީ ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭން އޮސްޓްރޭލިއާ އަށް ނިސްބަތްވާ ފުރަތަމަ ކޯޗެވެ. އޭނާ ވަނީ ސެލްޓިކާ އެކު ހޭދަކުރި ދެ ސީޒަނުގައި ސްކޮޓްލެންޑް ފުޓްބޯޅައިގެ ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

"މި ކްލަބްގެ ވިސްނުމާއި ކަންކަމަށް ބަލާއިރު، މިހާރު މި އޮތް ހާލަތުން އެންމެ މުހިންމު ކަމަކީ ކުރިއަށް ދިއުމުގައި ބޮޑެތި ނިންމުންތައް ނިންމުން. ކާމިޔާބު ހޯދޭނެކަން އަންގޭ (ޕޮސްޓެކޮގްލޫ) ވަނީ ސާބިތުކޮށްދީފައި. އަހަރެމެންނަށް އެބައޮތް ފުރިހަމަ އިތުބާރު،" ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވި އެވެ.

ޕޮސްޓެކޮގްލޫ އަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ އަންނަ ސީޒަނުގައި ޓޮޓެންހަމް އަށް ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ނެތި އެ ޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިން ކްލަބްގައި މަޑުކުރުވުމަށް ކުރަން ޖެހޭ މަސައްކަތް ކާމިޔާބު ކުރުމެވެ. އެ ގޮތުން ޓޮޓެންހަމްގެ ކެޕްޓަން، ހެރީ ކޭން އަކީ ރެއާލް މެޑްރިޑުން ކަރީމް ބެންޒެމާ ނެތްތަނަށް ގެންދަން ބޭނުންވާ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox