ރިޔާސަތުން ނަޝީދު ވަކިކުރަން މަޝްވަރާއަށް, ޕްރެސްގައި ނިންމުން ހާމަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިދާރާގައި. އެމަނިކުފާނު މަޖިލީހުގެ ރައީސްކަަމުން ވަކިކުރަން އެމްޑީޕީން މިއަދު މަޝްވަރާ ކުރި. ފޮޓޯ: މުހައްމަދު ޝާބިބް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިދާރާގައި. އެމަނިކުފާނު މަޖިލީހުގެ ރައީސްކަަމުން ވަކިކުރަން އެމްޑީޕީން މިއަދު މަޝްވަރާ ކުރި. ފޮޓޯ: މުހައްމަދު ޝާބިބް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މަޝްވަރާތައް ފަށައިފި އެވެ.

"އަދަދު" ނޫހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ދެތިން މެމްބަރަކު ވަނީ މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ކަށަވަރުކޮށްދީފަ އެވެ.

"ޕްރެސް ކޮންފެރެންސެއް އޮންނާނެ 12:30 ގައިި, އޭގައި އަޅުގަނޑުމެން ނިންމާ ގޮތެއް އިއުލާން ކުރާނެ," މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދެއްކި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.

މި މައްސަލާގައި އޭޖީ އެންމެ ފުރަތަމަ ޖަވާބުދާރީވެވަޑައިގެންނެވީ ލިޔުމުންނެވެ. އެހެން އޮއްވައި، ރިފްއަތު އިއްޔެ ހާޒިރުވެ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މެމްބަރުން ވަނީ އިންތިހާއަށް ނިޒާމީ ނުކުތާ ނަގައި ވާހަކަ މެދުކަނޑާލައިފަ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވި އެވެ.

އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާ ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނުނިންމާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ވަކާލާތު ކުރި އެވެ. ރިޔާސަތުން ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.

އޭގެ އިތުރުން ވެސް, މަޖިލީހަށް އިދކޮޅުން ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތައް އެޖެންޑާގެ ކުރިއަށް ޖައްސަައި ސަރުކާރުން ހުށަހަޅާ ބިލުތައް ލަސްކުރާ ކަމަށް ބުނެ އެމްޑީޕީގެ ނުރުހުން ނަޝީދަށް އޮތީ އަމާޒުވެފަ އެވެ.

އޭގެ އިތުރުން, އެމްޑީޕީން ވަކިވި މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ވައްދާފަ އެވެ. ރިޔާސަތުން ނަޝީދު ދުރުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ދާދި ފަހަކާ ޖެހެން ދެން ވެސް އެމްޑީޕީން ދިޔައީ ބުނަމުންނެވެ.

އެކަމަކު, އެމަނިކުފާނު އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާތީ އެ މަގާމުން އެމަނިކުފާނު ދުރުކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދިޔައީ ގޮވާލަމުންނެވެ. މިއަދާ ހަމައަށް ވެސް ނަޝީދު ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. އާ ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ވާހަކަފުޅެއް އެމަނިކުފާނު ދައްކަވާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox