އަފީފު ރިޔާސަތާ ހަވާލުވުމާއެކު މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

އާދައިގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން، މަޖިލީހުގައި މިހާރު ހުންނެވި އުމުރުން އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުުކުރުމާ އެކު މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލި، ޖަލްސާ ހުއްޓާލައިފި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާދައަކީ މެންދުރުގެ ހުސްވަގުތުކޮޅަށް ޖަލްސާ މެދުކަނޑައިލުމަށްފަހު ޖަލްސާއަށް އަލުން ވަޑައިނުގެންނެވުމެވެ. މެންދުރު ފަހުގެ ދަންފަޅީގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އީވާ އަބްދުﷲ ނުވަތަ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މިއަދުގެ ޖަލްސާގެ ވެސް މެންދުރުފަހުގެ ދަންފަޅީގައި ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގެންނެވީ އަފީފަށެވެ.

ރިޔާސަތުގައި އަފީފު އިންނަވައިގެން ޖަލްސާގެ މެންދުރުފަހުގެ ދަންފަޅި ފެށި އިރު މަޖިލީހުގައި ބަހުސްކުރަމުން ގެންދައީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އިދިކޮޅުން ހުށަހަޅާފައި އޮތް މައްސަލައިގެ ބަހުސެވެ. ޖަލްސާގެ ނިޒާމު ގެއްލުނީ އެ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ތަޅުމަށް ވަޑައިގެން އިންނެވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތަށް ނިސްބަތްކޮށް، އިދިކޮޅު މެމްބަރުން އެކިއެކި ތުހުމަތުތައް ކުރައްވައި އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

"އިއްޒަތްތެރި ރައީސް މިސުވާލުކޮށް އަދި ބަހުސްކުރާކަށް އަޅުގަނޑަކަށް މިތާގެ މާހައުލު ތަނެއް ނުދޭ،" އޭރު ވާހަކަ ދައްކަވަމުން ގެންދެވި ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަަޒުލު ރަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭރު ރިޔާސަތުގެ މޭޒުގެ ކައިރިއަށް އެއްވެ ތިއްބެވި އިދިކޮޅު މެމްމަބަރުންގެ އަމަލުތައް ވެސް އޭނާ ދިފާއުކުރެއްވި އެވެ. އޭނާ ވިދާޅުވީ އަޑުގަދަކުރައްވަނީ ސުވާލުތަކަށް އޭޖީ ޖަވާބު ނުދެއްވާތީ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން، އެޓާނީ ޖެނެރަލަށް ފުރުސަތު ދެއްވީމާ އެއަށް ޖަވާބު ދެއްވާނެ ކަމަށް އަޅުގަނޑު [މިބަލަނީ]،" ފަޒުލްއާއި އެހެން މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަފީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް މެމްބަރުން ހަމައަކަށް ނޭޅުމުން ޖަލްސާ ނިމިއްޖެ ކަމަށް އަފީފު އިއުލާނުކުރެއްވި އެވެ. އެހެންކަމުން މިއަދު ވެސް މަޖިލީހުގެ ޖަލްސާ ނިންމާލަންޖެހުނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ވޯޓަށް ނާހަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox