އޭޖީ މިއަދު މަޖިލީހަށް ވަޑައިގެންނެވި ސަބަބު ސާފުނުވާކަމުގެ ޝަކުވާގައި އެތައް އިރެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިިލީހަށް ހުށަހެޅި މައްސަލާގައި މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ހާޒިރުވުމުގެ ބަދަލުގައި ފުރަތަމަ ލިޔުމުން ޖަވާބު ދެއްވުމަށް ފަހު މިއަދު ވަޑައިގެންނެވުމުން އިދިކޮޅު މެމްބަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ރިފްއަތުގެ އިތުބާރުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހެޅީ ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަޒީރާތަކާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލޭ ގޮތަށް އަމަލުކުރެއްވި ކަމަށް ކުރާ ތުހުމަތަކާ ގުޅުވައިގެންނެވެ.

މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް އެ މައްސަަލަ އެޖެންޑާކުރި އިރު ޖަވާބުދާރީ ވެވަޑައިގަންނަވަން ވަޑަައިގެންނެވުމުގެ ބަދަލުގައި ރިފްއަތު ޖަވާބު ފޮނުއްވީ ލިޔުމަކުންނެވެ. އެއީ ބޮޑު މައްސަލައަކަށްވެ، އިތުބާރުގެ މައްސަލަ އެ ދުވަހު ކުރިއަކަށް ނުގެންދެ އެވެ.

އެހެން ނަމަވެސް މިއަދުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކުރުމުން ރިފްއަތު މިއަދު މަޖިލީހަށް ވަޑައިގެންނެވި އެވެ. އެއީ ކީއްވެކަން އޭނާގެ އަރިހުން ސާފުކުރައްވަން މިއަދުގެ ޖަލްސާގައި ފުރަތަމަ އެދިވަޑައިގެންނެވީ މައްސަލަ ހުށަހެޅުއްވި، މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީ މެމްބަރު އާދަމް ޝަރީފެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު މި މައްސަަލަ ހުށަހަޅަން ބޭނުން އެހެން ނަމަވެސް ، މި ދިމާވީ ކިހިނެތްތޯ، ކުރީ ދުވަހު ވަޑައިނުގަންނަވާފައި ލިއުމުން ޖަވާބުފޮނުވީމާ އިއްޒަތްތެރި ރިޔާސަތުން ނިންމެވީ ސުޕްރީމްކޯޓުގެ އިޝްތިޝާރީ ލަވައެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، އިތުބާރުގެ މައްސަލަ ހުށަހަަޅުއްވަން އޭނާ ދެކޮޅު ވެސް ހެއްދެވި އެވެ.

އާދަމް ޝަރީފަށް ޖަވާބު ދެއްވަމުން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިފްއަތު ލިއުމުން ޖަވާބު ދެއްވުމުން މަޖިލީހުގައި އެކަމާ ބަހުސް ކުރިކަން އެނގިވަޑައިގެން، އޭނާ މިއަދު ވަޑައިގެން އިންނެވީމާ އެކަމުގައި މިހާރު މައްސަލައެއް ނެތް ކަމަށެވެ. އެހެންވީމާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަން އާދަމް ޝަރީފަށް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ.

އެހެން ނަމަވެސް އާދަމް ޝަރީފު އަނެއްކާ ވެސް ތަކުރާރުކުރެއްވީ ރިފްއަތު މިއަދު ވަޑައިގެންނެވި ސަބަބު އޮޅުންފިލުއްވުމުގެ ސުވާލެވެ.

"އިއްޒަތްރި މެމްބަރުގެ ތިޔަ ވިދާޅުވާ ކަންބޮޑުވުން ނުވަތަ ސާފުކުރަން ތިޔަ އެދިވަޑައިގަންނަވާ ނުކުތާ އަޅުގަނޑަށް ފެންނަ ފެނުމުގައި ވަނީ ސާފުވެފައި. އެއީ ބަންޑާރަ ނައިބު [ވަޑައިގެން] އެ އިންނެވީ. އެހެންވީމާ އެކަން އެއޮތީ ވަރަށް ބޮޑަށް ސާފުވެފައި،" ދެ ވަނަ ފަހަަރަށް އާދަމް ޝަރީފަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން އެހެން އެތައް މެމްބަރަކު ވެސް ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ކުރެއްވީ އޭޖީ ކުރީ ދުވަހު ވަޑައިގެނުގެންފައި މިއަދު ވަޑައިގެންނެވި ސަބަބު ސާފުނުވާ ކަމުގެ ޝަކުވާ އެވެ. ޖަލްސާގެ ހުސްވަގުތުކޮޅާ ހަމައަށް ދެމިގެން ދިޔައީ އެ ޝަކުވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox