އިންޑިއާގެ އެހީގެ ދަށުން 10 މަޝްރޫއެއް ހިންގަން ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރު ރާއްޖޭގައި ކުރިއަށް ގެންދާ 10 ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރު ރާއްޖޭގައި ކުރިއަށް ގެންދާ 10 ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ 10 މަޝްރުއޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންްތަކުގައި ސޮއިކޮށްފައި ވަނީ އިންޑިއާ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ވެއްލަމްވެލީ މުރަލީދަރަން ރާާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިންްޑިއާ ސަަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 10 މަޝްރުއޫއެއްގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރެވުނު ގިނަ ޕްރޮޖެކްޓުތަކަކީ ކުޅިވަރާއި ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް ހާއްސަ ޕްްރޮޖެކްޓުތައް ކަމަށެވެ. އަދި ތައުލީމީ ދާއިރާއިންނާއި، ދިވެހި ސަގާފަތް ދިރުވާ އާލާ ކުރުމާ ގުޅުންހުރި މަޝްރުއޫއެއްގެ އިތުރުން ސިއްހީ އަދި ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވޭ މަޝްރުއޫއެއްގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް

  1. އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި ދާއިރާއާއި ހިތަދޫ ރަސްގެދަރަ ދާއިރާގައާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓްޑޯ ޖިމް ގާއިމް ކުރުން
  2. ށ. މިލަންދޫ ގައި ދުވުމަށް ހާއްސަކޮށްގެން ޓްރެކެއް ގާއިމް ކުރުން
  3. ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ.ގަމުގެ ޖުމްލަ ހަތަރު ސްކޫލަކަށް ބަސް ހޯދުން
  4. ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުމަށް
  5. މާލޭގައި އާޓްްސް ސެންްޓަރެއް ގާއިމް ކުރުން
  6. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ޔުނިޓެއް ގާއިމްްކުރުމަށް
  7. ޅ. ހިންނަވަރުގައި ކައުންސިލް އިދާރާ އިމާރާތް ކުރުން

އިންޑިއާ އަކީ މި ސަރުކާަރުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މީގެ ކުރިން ވެސް އިންޑިއާއިން ވަނީ އެ ގައުމުގެ ހިލޭ އެހީގައި ރާއްޖޭގައި މިފަދަ ގިނަ މަޝްރުއޫތަކެއް ހިންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox