ޑިމޮކްރެޓްސްގެ ތުހުމަތު: އިންޑިއާ އައުޓު ބެނާ ދެމީ ސަރުކާރުން

Jun 3, 2023, 10:58 AM
ރޭގެ އެއްވުމުގައި "އިންޑިއާ އައުޓު" ބެނާ ނަގާފައި.

ރޭގެ އެއްވުމުގައި "އިންޑިއާ އައުޓު" ބެނާ ނަގާފައި.

ފޯޅަވައްސާ ދިމާލުން ދިވެހިރާއްޖޭގެ ކަނޑުގެ އިން ކަނޑައެޅި މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތް ކުށްވެރިކުރަން ޕީޕީއެމް އިސްވެ އޮވެ، އިދިކޮޅު ފަރާތްތާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާއެއް ދެމުމުގެ ފަހަތުގައި ވަނީ ސަރުކާރު ކަމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަނީގައި އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއިން ތުހުމަތުކޮށްފި އެވެ.

އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ފެށި އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ސަރުކާރުން މީގެ ކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ކެމްޕެއިން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ވެސް ނެރުއްވިއިރު، އިންޑިއާ އައުޓު މައްސަލައިގައި ނަޝީދު ވެސް ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވި ރޭގެ ޖަލްސާގެ ފަހަތުގައި ހުދުކުލައިގެ ޓީޝާޓު ލައިގެން ތިބި ޒުވާނުންތަކެއް އިންޑިއާ އައުޓު ލިޔެފައިވާ ބެނާއެއް ދެމި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭން ބޭރުވާން ގޮވި އެވެ.

މި މައްސަލައިގައި އެހެން އެއްވެސް ޕާޓީއަކުން ރަސްމީކޮށް ބަހެއް މިހާތަނަށް ބުނެފައި ނުވާއިރު، އުފައްދާން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބަނާ ބަޔަކު ނެގީ، ޖަލްސާގެ މަގުސަދު އޮޅުވައިލުމަށް ކަމަށެވެ.

ބެނާ ދެމި ބަޔަކު އަކަން ކުރީ ރޭގެ ޖަލްސާއަކީ އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ގައުމުތަކާ ދެކޮޅު ހަރަކާތެއްކަން ދެއްކުމުގެ ބޭނުމުގައި ކަމަށާއި އެއީ ހަޑިހުތުރު އަމަލެއް ކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް، އެކަން ކުރީ އެހެން ބައެއް ކަމަށް ދެއްކުމަށް ދަ ޑިމޮކްރެޓްސްއިން ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ނެތެވެ.

އަވަށްޓެރި ނުވަތަ ބައިނަލްއަގުވާމީ އެއްވެސް ބައިވެރިއަކާ ދެކޮޅަށް ޑިމޮކްރެޓުން މިފަދަ ހަރަކާތަކާ ގުޅިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދިނެވެ.

ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާއެކު އިދިކޮޅުގެ ކެމްޕެއިން މަޑުޖައްސާލާފައި އޮއްވައި މިރޭގެ ޖަލްސާގައި ބެނާއެއް ދެމީ އެކަމަށް ތައްޔާރުވެގެން ގޮސް ތިބި އަށް ވަރަކަށް މީހުން ހިމެނޭ ޒުވާނުންގެ ޓީމެކެވެ. އެމީހުން ތިބީ ހުދު ކުލައިގެ ޓީޝާޓެއްގައި އިންޑިއާ އައުޓް އިނގިރޭސި ބަހުން ޖަހައިގެނެވެ. ބެނާގައި ވެސް އޮތީ އެހެނެވެ.

އެ ޒުވާނުން އިންޑިއާ އައުޓް ބެނާ ދެމީ އެއްވެސް ސިޔާސީ ފަރާތަކާ ގުޅިގެންކަން މިހާތަނަށް އެނގިފައެއްނުވެ އެވެ.

ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox