އިދިކޮޅުން މިރޭ ކުރިއަށްގެންދާ ޖަލްސާގައި ބަޔަކު އިންޑިއާ އައުޓް ބެނާއެއް ދަމައިފި

Jun 2, 2023, 5:32 PM
މިރޭގެ ޖަލްސާގައި ބަޔަކު އިންޑިއާ އައުޓް ބެނާއެއް ދަމާފައި: އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ހުއްޓާލީ ސަރުކާރުގެ ޕްރެޝަރު ވަރަށް ބޮޑުވުމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިރޭގެ ޖަލްސާގައި ބަޔަކު އިންޑިއާ އައުޓް ބެނާއެއް ދަމާފައި: އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ހުއްޓާލީ ސަރުކާރުގެ ޕްރެޝަރު ވަރަށް ބޮޑުވުމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފޯޅަވައްސާ ދިމާލުން ދިވެހިރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތް ކުށްވެރިކުރަން އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ ޖަލްސާގައި ބަޔަކު "އިންޑިއާ އައުޓް" ބެނާއެއް ދަމައިފި އެވެ.

އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ފެށި އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ސަރުކާރުން މީގެ ކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ކެމްޕެއިން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ވެސް ނެރުއްވި އެވެ.

ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާއެކު އިދިކޮޅުގެ ކެމްޕެއިން މަޑުޖައްސާލާފައި އޮއްވައި މިރޭގެ ޖަލްސާގައި ބެނާއެއް ދެމީ އެކަމަށް ތައްޔާރުވެގެން ގޮސް ތިބި އަށް ވަރަކަށް މީހުން ހިމެނޭ ޒުވާނުންގެ ޓީމެކެވެ. އެމީހުން ތިބީ ހުދު ކުލައިގެ ޓީޝާޓެއްގައި އިންޑިއާ އައުޓް އިނގިރޭސި ބަހުން ޖަހައިގެނެވެ. ބެނާގައި ވެސް އޮތީ އެހެނެވެ.

Advertisement

އެ ޒުވާނުން އިންޑިއާ އައުޓް ބެނާ ދެމީ އެއްވެސް ސިޔާސީ ފަރާތަކާ ގުޅިގެންކަން މިހާތަނަށް އެނގިފައެއްނުވެ އެވެ. އިންޑިއާ އައުޓް ކެމްޕެއިންގެ އެއްވެސް ކަމެއް ކުރަން މިރޭގެ ޖަލްސާ އިންތިޒާމް ކުރި ފަރާތްތަކުން ހިތްވަރުދީފައެއްނުވެ އެވެ.

ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި އިދިކޮޅުން ބުނަނީ ކަނޑު ބެހި ގޮތުން ދިވެހިންނަށް ކަނޑުން ހައްގުވާ ބައެއް ގެއްލިއްޖެ ކަމަށެވެ. ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ސަރަހައްދު ފުށު އަރައިފި ނަމަ ދެން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލަކުން ބަހާށެވެ. އިދިކޮޅުން ބުނަނީ ބެހިއިރު ސަރުކާރުން މަސައްކަތް ކުރީ ގައުމަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.

އެކަމަކު އެ މައްސަލައިގައި ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބޮޑުވީ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑަނާޅައި އޮތުމުން ހަގީގަތުގައި ރާއްޖެއަށް މީގެ ކުރިން ލިބެނީ އަދި ބޭނުން ކުރެވުނީ ވެސް ކުޑަ ތަންކޮޅެކެވެ. ނަމަވެސް ކޯޓުގެ ނިންމުމާއެކު ލިޔެވި، ކަނޑައެޅިފައިވާ ޗާޓަކުން ރާއްޖެއަށް ކަނޑުން ބައެއް މިލްކުވީ ކަމަށް ސަރުކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox