މިރޭގެ އެއްވުމުން ފިތުނަ ފަސާދަ އުފެއްދުން ނޫންކަމެއް ނުވާނެ: ގާސިމް

މިރޭގެ އެއްވުމުން ފިތުނަ ފަސާދަ އުފެއްދުން ނޫންކަމެއް ނުވާނެ: ގާސިމް

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ފޯޅަވަހި ކޯލިޝަނުން މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާއިން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ނޫން ނަތީޖާއެއް ނުނެރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް އެހެން ވިދާޅުވީ މފޯޅާވަހި ކޯލިޝަނުން ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ނުދިއުމަށް މީގެ ކުރިން ކުރެއްވި އިލްތިމާސްއާ ގުޅިގެން އާންމުންނާއި ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވެވުމާ ގުޅިގެން މިހާރު ވީޓީވީގައި ދެމުން ގެންދާ ބަސްދީގަތުމުގަ އެވެ.

"މިރޭގެ ނަތީޖާއިން ދެން ކުރެވޭނެ ކަމަކީ ތަފާތު ގިނަ ވާހަކަދައްކައިގެން ރައްޔިތުންގެ މެދުގައި ފަސާދަ އުފެއްދުން، ފިތުންވެރިވުން، އެ ނޫން އެއްވެސް ކަމެއް ނޯންނާނެ ކުރެވޭނެ، ނަތީޖާއެއް ނޯންނާނެ ނެރެވޭނެ،" ގާސިމް ވިދާޅުވި އެވެ.

Advertisement

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި، ގާސިމް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައިގައި އެންމެ ފުރަތަމަ ވެސް ބަޔާނެއް ނެރުނީ ޖުމްހޫރީ ޕާޓީން ކަމަށާއި އޭގެފަހުން ވެސް ސިލްސިލާކޮށް އެކަމާ ގުޅިގެން ވާހަކަތައް ދައްކާފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް އިޓްލޮސް އިން ނިންމި ނިންމުމަށް ބަދަލު ގެންނަން ކުރަންޖެހޭ ކަމަކީ އެކަން ހައްލު ކުރެވެން ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް އޮތްތޯ ބަލައި މައްސަލަ ހުށަހަޅާނީ އިޓްލޮސްއަށްތޯ ނުވަތަ އެހެން ތަނަކަށްތޯ ބަލައި އެކަން ކުރުން ކަމަށެވެ.

"މިރޭ ބާއްވަން އުޅޭ ބައްދަލުވުމުން އެއްވެސް ބަދަލެއް ގެނެވިދާނެ ތޯ؟ މިރޭގެ އެއްވުމުން އެއްވެސް ބަދަލެއް އިޓްލޮސްގެ ނިންމުމަކަށް ނާންނާނެ،" މިރޭގެ އެއްވުމުން އެއްވެސް ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލު ނުކުރައްވާކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox