ހުލާސާކޮށް އިއްޔެ: އައްޑޫ ބަދަލުކޮށްލާ ބިޔަ މަޝްރޫއު ރައީސް ސޯލިހު ފައްޓަވައި ދެއްވަނީ

Jun 2, 2023, 1:49 AM
އައްޑޫ މުޅި "ސިފަ" ބައްދަލުކޮށްލާނެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނީ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ މުޅި "ސިފަ" ބައްދަލުކޮށްލާނެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނީ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއު މާދަމާ ރަސްމީކޮށް ފަށަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެ އެވެ.

އައްޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ޕްރޮޓެކްޓު މެނޭޖްމަންޓު ޔުނިޓު ހިންގުމާ ހަވާލުވެގެން ހުންނެވި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު "އަދަދު"އަށް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

Advertisement

ކުރިން އައްޑޫގެ މޭޔަރުކުރަން ވެސް ކުރެއްވި ސޯދިގު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފައްޓަވައިދެއްވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ހޮނިހިރު ދުވަހު ރައީސް ސޯލިހު އައްޑުއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު، އެ ދަތުރުގެ ތަފްސީލުތަކެއް އަދި ދީފައި ނުވެ އެވެ.

ސޯދިގު ވިދާޅުވި ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުތައް ވަކިކުރަން ބަންޑު ވޯލް ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ރަށްތަކަށް ބިން އިތުރުކުރުމުގެ އިތުރުން، ރިސޯޓު ހަދަން ފަޅުތެރެއިން ތިން ރަށެއް އުފައްދާނެ އެވެ. އަދި, ހަންކެޑެ ކައިރިން ލިންކު ރޯޑު ވަކިކުރުމަށް ފަޅުތެރެއިން މިހާރު ވަނީ ބައެއް ހިއްކައިފަ އެވެ.

އައްޑޫއިން ހިއްކާ ބިންތައް:

  • ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދެއް
  • މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދެއް
  • ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް
  • ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު

ލިންކު ރޯޑު ހަންކެޑެއިން ވަކިކުރުމަށް ހިއްކާފައި ސަރަހައްދު
ލިންކު ރޯޑު ހަންކެޑެއިން ވަކިކުރުމަށް ހިއްކާފައި ސަރަހައްދު

ލިންކު ރޯޑު ހަންކެޑެއިން ވަކިކުރުމަށް ހިއްކާފައި ސަރަހައްދު

ޕްލޭނިން މިނިސްޓްރީގެ ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

މި މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ބިން ހިއްކާއިރު އުފެދޭ ކިސަޑުގަނޑު އަތޮޅުގެ އެތެރެވަރިއަށް ފޭދިގެން ގޮސް ކަނޑުއަޑީގެ މާހައުލަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން ކަމަށް މަޝްރޫއަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެގޮތުން، އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެއް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތްކަން ހާމަވި އެވެ.

އެކަމާ ހެދި، މަޝްރޫއު ހުއްޓާލަން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމިއްޔާތަކާއި މަދަނީ އެހެނިހެން ޖަމިއްޔާތަކުން މީގެ ކުރިން ވަނީ ގޮވައިލައިފަ އެވެ. މަޝްރޫއު ހިންގަނީ ޓޫރިޒަމް ވެސް ކުރިއަރުވަން ކަމަށްވާއިރު، ކަނޑުއަޑީގެ މާހައުލު ހަލާކުވުމުން ކުރެވޭނީ ކޮންކަހަލަ ޓޫރިޒަމެއްތޯ އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މިނިސްޓްރީއިން ބުނީ، މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު ހުރިހާ މަރުހަލާއެއްގައި ވެސް ތިމާވެށީގެ މޮނިޓަރިން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ހިއްކާ އިރު ވެއްޓަށް ގެއްލުންކުޑަކޮށް އެކަން ކުރާނެ ކަމަށް ވެން އޫޑް ކުންފުނިން ވަނީ ބުނެފަ އެވެ.

މުހިއްމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ކޯޓޭޝަން

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ؛

މި މައްސަލައިގައި އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއްކަމުގައި ބުނެވޭނެ ގާނޫނީ މަރުކަޒެއް، އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރުން ދައްކަވާފައި ނުވޭ."

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ހޭންޑުބާޅަ މުބާރާތުގައި ރޭ ތުޅާދޫ އާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިހާރު ކުރިއަށްދާ ހޭންޑުބާޅަ މުބާރާތުގައި ރޭ ތުޅާދޫ އާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ ހޭންޑުބާޅަ މުބާރާތުގައި ރޭ ތުޅާދޫ އާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox