ނަޝީދުގެ ޑިމޮކްރެޓްސް އުފެއްދުމަށް 3,560 ފޯމު ހުށަހަޅައިފި

އީސީގެ ސެކްރެޓަރީ ޖެނެރަލް ޒަކަރިއްޔާ ޑިމޮކްރެޓުންގެ ފޯމުތަކާ ހަވާލުވަނީ. މި ޕާޓީ އުފައްދަނީ ހަސަން ލަތީފުގެ ނަމުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އީސީގެ ސެކްރެޓަރީ ޖެނެރަލް ޒަކަރިއްޔާ ޑިމޮކްރެޓުންގެ ފޯމުތަކާ ހަވާލުވަނީ. މި ޕާޓީ އުފައްދަނީ ހަސަން ލަތީފުގެ ނަމުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފައްދާ އާ ޕާޓީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް 3,560 މެންބަރުންގެ ފޯމު ހުށަހަޅައިފި އެވެ.

ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެންބަރުންނެވެ. އީސީން މެއި 24, ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގާފަ އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމަކަށްފަހު ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ފެކްޝަނުގެ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށިކަން ހާމަކުރީ މެއި 17, ގަ އެވެ. އެއަށްފަހު މި މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ވެރިކަންކުރާ މައި ޕާޓީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުން އިސް ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނޭހެން 13 މެންބަރެއްގެ އިތުރުން، އެ ޕާޓީގެ އިސް ގިނަ މެންބަރުން ހިމެނެ އެވެ. އޭގެއިތުރުން, ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި އިތުރު ހަ އަތޮޅެއްގެ ރައީސުން ވަނީ ނަޝީދުގެ އާ ޕާޓީއާ ގުޅިފަ އެވެ.

އާ ޕާޓީ ހެދުމުގެ މަސައްކަތް ފެށި ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަލަށް އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

އެމްޑީޕީއަކީ ބިރުދެއްކުމާއި ކޮރަޕްޝަނާ ފަސާދައާއި ނަފުރަތުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެކަން ބަދަލު ކުރަން އެމްޑީޕީގެ އެތެރޭން މަސައްކަތް ކޮށް ނާކާމިޔާބުވުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox