ކަންތައްތައް ކުރައްވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލޭ ހިސާބަށް ހިނގައްޖެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިދާރާގެ ބޭރުގައި މަޑުކުރައްވައިގެން. އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ގެއްލެމުންދާ ކަމަށް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިދާރާގެ ބޭރުގައި މަޑުކުރައްވައިގެން. އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ގެއްލެމުންދާ ކަމަށް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންތައްތައް ކުރައްވާ ގޮތުން އެމަނިކުފާނުގެ އިތުބާރު ގެއްލެން ފަށައިފި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އިދިކޮޅުން މަޖިލީހަށް ވެއްދުމުން، އެކަމުގައި އިޖުރާއީ ސުވާލުތައް އުފައްދަވައި ނަޝީދު ވަނީ އެ މައްސަލަ ޕާކްކުރައްވައިފަ އެވެ.

އެކަން ހިނގައިދިޔަ ގޮތާ މެދު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އެ މައްސަލާގައި ސުވާލު އުފައްދަވައިގެން އުޅުއްވަނީ މަޖިލީހުގެ "ވަގުތު ނަގައިލަން" ކަމަށެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދަވަން ނަޝީދު އުޅުއްވަނީ އެގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އުނދަގޫ މައްސަލައެއް މިއީ. މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލޭ ހިސާބަށް މިދަނީ މިހާރު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި އިތުބާރުގެ މައްސަލަތަކުގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަކީ ހައްގެއް ކަމަށް ވާތީ އެ ހައްގު ދޫކޮށްލެއްވުމުގެ އިހުތިޔާރު ވަޒީރުންނަށް އޮންނާނެ އެވެ. ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް އެކަން އޮތީ ވަރަށް ސާފުކޮށެވެ.

"މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގަވާއިދު ހެދި އިރު ހަމަ ގާނޫނުއަސާސީގައި އޮންނަ ގޮތަށް އެ މާއްދާ ލިޔެފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.

އިތުބާރުގެ މައްސަލަ ތަކުގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީވުމުގެ ހައްގުގެ ވާހަކަ އޮތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ،" މިހެންނެވެ.

މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވެސް އޮތީ ހަމަ މި އިބާރާތެވެ.

"އެހެންވީމާ މާނަ ވަރަށް ސާފު، މާނައަކީ އަނގަބަހުން ބޭނުން ވެއްޖެއްޔާ އަނގަބަހުން، ލިޔުމުން ބޭނުންވެއްޖެއްޔާ ލިޔުމުން، އަދި ދެގޮތަށް ބޭނުމިއްޔާ ދެގޮތަށް ވެސް ޖަވާބުދާރީ ވެވިދާނޭ،" އަސްލަމް ވިދާޅުވި އެވެ.

ޖަވާބުދާރީ ވުމަކީ ހައްގެއް ކަމަށް ވާތީ އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ޖަވާބުދާރީ ވެވަޑައިނުގަތުމަކީ ވެސް ވަޒީރަށް އޮތް އިހުތިޔާރެކެވެ.

"އެގޮތަށް ހުޅުވައިލެވިފައި ވަރަށް ސާފުކޮށް އޮތް މާއްދާއެއް. މިހާރު ކުއްލިއަކަށް އެ ވެސް މާނަކުރަން [ސުޕްރީމްކޯޓަށް] ދާން ޖެހިއްޖެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި އަނެއް ނުކުތާ އަކީ އިތުބާރުގެ މައްސަލަތައް މަޖިލީހުގައި މީގެ ކުރިން އެކި ގޮތް ގޮތަށް ނިންމާފައި ވުމެވެ. ބައެއް ވަޒީރުންނާއި ނައިބު ރައީސެއްގެ އިތުބާރުގެ މައްސަލަަ ވެސް މަޖިލީހުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ޖަވާބުދާރީ ވީ ފަހަރުތަކާއި ޖަވާބުދާރީ ނުވި ފަހަރުތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާއި މިނޫން ވެސް އެތައް ކަމެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ގެއްލެމުންދާ ކަމަށް ވިދާޅުވި ނަމަވެސް ނަޝީދުގެ އިތުބާރު ނެތް ކަމަަށް މަޖިލީހަށް މައްސަލައެއް ވައްދާނެ ކަމަކަށް ނުވަތަ ނޫން ކަމަކަށް ވެސް އަސްލަމް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

އަދި, މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 44 މެންބަރުންނެވެ. އެ އަދަދަށް އެމްޑީޕީގެ ޕީޖީގައި މެމްބަރުން ތިއްބަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox