ރަޝިއާގެ ބިމުގެ ސަރަހައްދަށް ހަމަލާތައް ނުދިނުމަށް އެމެރިކާއިން ޔޫކްރެއިނަށް އިންޒާރު ދީފި

ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރާ ޓޭންކުތަކެއް. -- ފޮޓޯ: އޭޕީ

ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރާ ޓޭންކުތަކެއް. -- ފޮޓޯ: އޭޕީ

ވޮޝިންޓަން، އެމެރިކާ (ޖޫން 1) - ޔޫކްރެއިނަށް އިތުރު 300 މިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް އިއުލާން ކުރުމަށް ފަހު، އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ބިމުގެ ސަރަހައްދަށް ހަމަލާތައް ނުދިނުމަށް އެމެރިކާއިން ޔޫކްރެއިނަށް އިންޒާރު ދީފި އެވެ.

އަލަށް ފާސްކުރި ޕެކޭޖުގައި އެއާ ޑިފެންސް ސިސްޓަމްތަކާއި އެތައް ހާސް ވަޒަން ހިމެނެ އެވެ.

"ޕްރައިވެޓްކޮށް ދެކެވޭ ވާހަކައިގައި އަޅުގަނޑުމެން ވަރަށް ސާފުކޮށް އެބަ ބުނަން. އަދި އާއްމުކޮށް ދެކެވޭ ވާހަކައިގައި އެއަށްވުރެ ސާފު ސީދާކޮށް އެބަ ބުނަން. ރަޝިއާ ތެރޭގައި ހަމަލާ ދިނުމަށް އަޅުގަނޑުމެން ތާއީދެއް ނުކުރަަމޭ،" ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޑިފެންސް ޑިޕާޓްމަންޓުން ބުނީ އާ ޕެކޭޖާ އެކު އެމެރިކާއިން މިހާތަނަށް ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އަސްކރީ އެހީގެ އަދަދު 37.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

"ހަނގުރާމައިގައި ޔޫކްރެއިނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ދިގު މުއްދަތުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގައި އެމެރިކާ އާއި އެކުވެރި އެހެން ގައުމުތައް ގުޅިގެން މަސައްކަތް ކުރަމުން ދާނެ،" ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމެރިކާގެ އިތުރުން ނޭޓޯގެ އެހެން ގައުމުތަކުން ވެސް ދަނީ ހަތިޔާރާއި އެހެނިހެން އެހީ ޔޫކްރެއިނަށް ފޯރުކޮށްދެމުންނެވެ.

ރަޝިއާގެ އެތެރޭގައި ހަމަލާ ދިނުމާ ދެކޮޅަށް އެމެރިކާއިން ވާހަކަދެއްކި އިރު، ޔޫކްރެއިނުން ދާދި ފަހުން ވަނީ މޮސްކޯގެ މީހުން ދިރިއުޅޭ އިމާރާތްތަކެއް ހުންނަ ހިސާބަކަށް ޑްރޯންތަކެއް ފޮނުވައިފަ އެވެ. އޭގެ ތެރެއިން ތިން ޑްރޯން ވެއްޓުނީ އިމާރާތްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox