ދަ ޑިމޮކްރެޓްސްގެ މެމްބަޝިޕް ފޯމްތައް މާދަމާ އީސީއަށް ހުށަހަޅަނީ

May 31, 2023, 12:58 PM
ދަ ޑިމޮކްރެޓްސް އުފައްދަން ހުއްދަދޭން އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުން. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދަ ޑިމޮކްރެޓްސް އުފައްދަން ހުއްދަދޭން އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުން. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތްކުރާ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން ބޭނުންވާ މެމްބަޝިޕް ފޯމްތައް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ސޯޝަލް މީޑިއާގައި އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ޕާޓިީއަށް ވަންނަން މީހުން ފުރާފައިވާ ފޯމުތައް މާދަމާ އީސީއަށް ހުށަހެޅުމަށް ޓަކައި އެންމެ ލަސްވެގެން މިރޭ އެ ފޯމްތައް އެއްތަން ކުރަން އަންނަނީ މަސައްކަތްކުރަމުންނެވެ. މިރޭ އެންމެ ލަސްވެގެން 11:00 ގެ ކުރިން ފޯމްތައް ބޮޑުފެންވަޅުގެއަށްް ގެންދަން، އެޕާޓީގެ ހަރަކާތްތެެރިންނަށް ވަނީ އަންގައިފަ އެވެ.

ނަޝީދު އަޑީގައި ހުރެގެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ މަނިކުފާނު ބަލިވުމަށް ފަހު އެވެ. ނަމަވެސް ރަސްމީކޮށް މަސައްކަތް ފަށާއި، ޕާޓީ ހަދާކަން އިއުލާނު ކުރީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް، އޭރު ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސޮއި ކުރުމާއެކު އޭނާ އެމްޑީޕީން ވަކިކޮށްފައި ވަނިކޮށެވެ.

އާޒިމް ހިމެނޭހެން ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ. ނަމަވެސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ އެވެ. ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ މަދުވެގެން ސައްހަ 3،000 މެންބަރުންގެ ފޯމު އޮވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox