ސިޔާސީ ފިކުރުގެ ބަދަލުވާ އޮއިވަރު

ސިޔާސީ ފިކުރުގެ ބަދަލުވާ އޮއިވަރު

އާންމުކޮށް ހިޔާލުތަކާއި މަގާމުތައް ހިލަތަކުގައި ކަނޑައިނެގިފައިވާ ހަލަބޮލި ސިޔާސީ ދުނިޔޭގައި، މަދު ބަޔަކަށް މެނުވީ ތުރުތުރަކާ ނުލާ ފައިހަމަ ނުކުރެވޭ ނާޒުކު ނެށުމެއްވެ އެވެ. މި ނެށުމަކީ އަބަދުވެސް ސިޔާސީ މައިޒާނުގެ ތަޅުމުން ފެންނަ ނެށުމެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އެއްބަޔަކު މި ނެށުން ނަށަން އުޅެ އަރިއަޅާލައި ވެއްޓެ އެވެ. އަނެއްބަޔަކު ގުޑުގުޑުންތަކެއް އެރުމަށްފަހު ނެށުމަށް ފަރިތަވެ އެވެ. ދެން ތިބި މީހުންނަކީ ނެށުމުގެ މާސްޓަރުންނެވެ. މި ބައިމީހުންގެ މޮޅުކަމުން ނެށުމަށް އެއް ފައި ނަގާ އަނެއް ފައި އަޅާ އިރު ވެސް، ބަލަން ތިބޭ މީހުންނަށް ރޭކައެއްނުލަ އެވެ. ދެކެވެމުން މިދަނީ ވިސްނުމާއި ފިކުރު ބަދަލުކުރުމުގެ ނެށުމުގެ ވާހަކަ އެވެ.

އެއް ޒަމާނެއްގައި ބަލިކަށިކަމުގެ ނިޝާނެއްގެ ގޮތުގައި ދެކެވުނު މި އަމަލު، ތަރައްގީވަމުން އަންނަ ސިޔާސީ މަންޒަރުގައި މިހާރު މިވަނީ މުހިންމު ހުނަރެއްގެ ގޮތުގައި ފެންނަން ފަށާފަ އެވެ. އާންމުންގެ ރުހުމާއި މަގުބޫލުކަމުގެ ވައިރޯޅި ބަދަލުވާ ކޮންމެ ފަހަރަކު، ސިޔާސީ ބޭފުޅުންނަށް އެމީހުންގެ ވިސްނުމާއި އިސްކަންދޭ ކަންކަން އަލުން ވަޒަންކުރަން މަޖުބޫރުވެ އެވެ. މިއީ އާންމު ހިޔާލުގެ ހަނި ރޯނުގައި ބެލެންސް ދެމެހެއްޓުމަށް، ވަރަށް ފަރުވާތެރިކަމާއެކު ވިސްނުންތެރި ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތުކޮޅެކެވެ.

ވިސްނުން ބަދަލުކުރުމަކީ ރަހުމު ކުޑަ ގަދަ ކަނޑެއްގައި، ރޯނު ނަކަތުގެ ވަޔާ ވިއްސާރާގައި ދަތުރުކުރުން ފަދަ ކަމެކެވެ. އާންމު ހިޔާލުގެ އޮއިވަރުގެ ސަބަބުން އެންމެ ވަރުގަދަ އޮޑިތައް ވެސް ބަންޑުން ޖަހާލަފާނެ އެވެ. މީހުން ކަންކަމަށް ހެއްލުމާއި ގަބޫލުކުރުވުމުގެ މޭސްތިރިންކަމަށްވާ، ސިޔާސީ ފަރާތްތަކުން މި ދަތުކުރުކުރާ އިރު، ދެފުށްދެގޮތްވުމާއި ދައްކާ ވާހަކަ ދެކޮޅުނުޖެހުމުގެ ކޮޅިގަނޑުތަކުން ރައްކާތެރިވުމަށް ސަމާލުވާން ޖެހެ އެވެ. ތަޖުރިބާކާރު ކެޔޮޅުން ފަދައިން، ބަދަލުގެ ވައިރޯޅީގެ ފައިދާ ނެގުމަށް ރިޔަލާއި ފަޅުވެރިންގެ މަގާމުތަކަށް ބަދަލުގެންނަން ޖެހެ އެވެ. ވޯޓުދޭ ފަރާތްތަކުގެ ހިތުގައި އަލިފާން ރޯވާ ފަދަ ފަރަކަށް ނާރާ، މަންޒިލަށް ވާސިލްވުމަށް ދުވާލާރޭ ހަފަރާތް ރަނގަޅަށް ބަލަން ޖެހެ އެވެ.

Advertisement

ނަމަވެސް ފަހުގެ ތާރީހުގައި ބައެއް ސިޔާސީ ފަރާތްތަކުގެ ވިސްނުން ބަދަލުވަނީ ހައިރާންވާ ފަދަ ގޮތްތަކަކަށެވެ. އެއް ބަޔަކު ކުއްލިއަކަށް ފިކުރު 180 ޑިގްރީއަށް އަނބުރާލަ އިރު، އަނެއް ބަޔަކު އަޅަނީ ފަހަތަށް ބުރެކެވެ. މީހަކު ޖެހި ފަދައިން ވެއްޓި އެނބުރެމުން ސެނބުރެމުން ގޮސް ދެން ކޮޅަށް ތެދުވެވޭ އިރު ހުރެވޭ ދިމާލަކަށް ހިނގާ މީހުން ވެސް މަދެއް ނޫނެވެ. ފަހަތަށް އެނބުރި އިރުކޮޅެއް ފަހުން އަނެއްކާވެސް ކުރިއަށް އެނބުރޭ މީހުން ވެސް އެބަ އުޅެ އެވެ.

މި ހުރިހާ ކަމެއް ވެސް ކުރަނީ ރައްޔިތުންގެ ބަދަލުވަމުން އަންނަ އެދުންތަކަށް ހިދުމަތްކޮށްދިނުމުގެ ނަމުގަ އެވެ. ހެޔޮއެދޭ ވިސްނުންތެރި އަމަލުތަކެއްގެ މޫނުމަތި އަޅައިގެން ޖައްސާ މި ޗަރުކޭސްތައް ވެސް މިވަނީ ސިޔާސީ މައިދާނުގެ ބަޔަކަށް ވެފަ އެވެ. މިކަމުގެ ސަބަބުން މި އަމަލުތަކުގެ ސައްހަ ކަމާމެދު ބަލަން ތިބޭ މީހުންގެ ހިތުގައި ސުވާލު އުފައްދަން މަޖުބޫރު ވެ އެވެ.

މިފަދަ ފަރާތްތަކުން ވިސްނުން އަނބުރާލާ އިރު އޮލިމްޕިކްސްގެ ބޮޑެތި ކުޅިވަރުތަކުގައި ބޭނުން ކުރާ ބޯޅަތަކަށް ދުލެއް ނުދެ އެވެ. މިކަން އާންމުވެފައިވާ މިންވަރުގެ ސަބަބުން، އިހްލާސްތެރިކަމާއި، ފުރުސަތުގެ ނާޖާއިޒް ފައިދާ ހޯދުން ވަކިކޮށްދޭ ރޮނގު، ގިނަ ރައްޔިތުންނަށް ވެސް މިވަނީ ފުސްވެފަ އެވެ. ނަމަވެސް އާންމުންގެ ވިސްނުން ތަރައްގީވަމުންދާ މިންވަރަކަށް، ދޮގުތަކުގެ ފޭރާން ތުނިވާން ފަށައި، ސިޔާސީ ފަރާތްތަކުގެ ހަމުގެ ހަގީގީ ކުލަތައް ފާޅުވާން ފަށާނެ އެވެ.

މިޒަމާނަކީ ހުރިހާ ފަރާތަކުން ވެސް ދެފުށްފެންނަ ގޮތަށް އެއްހަމައެއްގައި ކަންތައްކުރުމަށް ރައްޔިތުން ގޮވަގޮވާ ތިބޭ ޒަމާނެކެވެ. އެހެން ކަމުން ދެ ދުވަހު ދެކުލައެއްގެ ސިޔާސީ ފައިވާނަށް އަރާ ފަރާތްތައް މަތިން ގިނަ ބަޔަކު ފޫހިވާން ފަށައިފި އެވެ. އެކާވީސްވަނަ ގަރުނުގެ ހޭލުންތެރިކަން ތިޔާގިވެފައިވާއިރު، އެއްކަލަ ހަނި ރޯނުން ހިނގުމުގައި ސިޔާސީ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހެ އެވެ. އެމީހުންގެ ހިތް ބަދަލުވުމަކީ ވަކި ބަޔަކު ހިތްހަމަޖައްސައިދިނުމަށް ނުވަތަ އަމިއްލަ މުށުތެރޭ ބާރު ދެމެހެއްޓުމަށް ޖަހާ މަޅިއެއްގެ ގޮތުގައި އާންމުނަށް ފެނިގެން ނުވާނެ އެވެ.

ވިސްނުން ބަދަލުކުރުމުގެ އަމަލަކީ ނައްސި ސިފައެއްގެ ގޮތުގައި ބަލަން ފަސޭހަ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިއީ ކުރިއެރުމާއި ހަރުދަނާވުމުގެ ނިޝާނަކަށް ވެދާނެ އެވެ. ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ މުޖުތަމައުއެއްގައި، ނުގުޑާ ހަރުކަށި ވިސްނުންތަކަކީ ކުރިއެރުމުގެ ދުޝްމަނެވެ. މުއްދަތު ހަމަވެފައިވާ ގަބޫލުކުރުންތައް ކޮނޑުން ބާލައި، ދާންވީ މިސްރާބު އަލުން ވަޒަންކުރުމަކީ ބުއްދިވެރި ލީޑަރުންގެ ސިފަ އެކެވެ. އައު ހިޔާލުތަކަށް ތަންދީ އާންމުނަށް އެންމެ ފައިދާ ހުރި މަގު ކޮށައިދިނުމަށް އަބަދުވެސް މަސައްކަތްކުރާނަމަ އެމީހެއްގެ އިހްލާސްތެރިކަމާއި ޝަރަފުވެރިކަން ކަށަވަރު ވެ އެވެ.

އާންމު ހިޔާލުގެ ކަށި ދެކޮޅަށް ހެލެމުން ދާއިރު، ވިސްނުން ބަދަލުކުރުމުގެ ނާޒުކު ނެށުން އަބަދުވެސް ސިޔާސީ މައިދާނުގެ އާންމު ސިފައެއްގެ ފެންނާނެކަން ޔަގީނެވެ. ސިޔާސީ ބޭފުޅުންނަށް އޮތް ގޮންޖެހުމަކީ ދެމެހެއްޓެނިވި ގަބޫލުކުރުންތަކާއި ތަރައްގީގެ ފިކުރުތަކާއި މެދުގައި ބެލެންސް ހޯދުމެވެ. ކޮންމެއަކަސް ލީޑަރެއްގެ ހަގީގީ ފެންވަރު ބަލަނީ ބަދަލުތަކާ ދެކޮޅުހަދާ މިންވަރަކުން ނޫނެވެ. އެކަން ކުރަނީ ނަޒާހަތްތެރިކަން ގުރުބާން ނުކޮށް ވަޔާ އެއްކޮޅަށް ދުއްވުމުގެ ގާބިލުކަމުންނެވެ.

ގިނަ ފަހަރަށް ތޫފާނީ ކަނޑެއް ކަމަށްވާ ސިޔާސީ މައިދާނުގައި ފިކުރު ބަދަލުކުރުމުގެ ފަންނަކީ ސިޔާސީ މީހުންނަށް މުހިންމު ހުނަރެކެވެ. އާންމުންގެ ފާޑުކިޔުމުގެ ރާޅުތަކުން ރެކެން ދަންނަ މާލިމީއަކަށް މެނުވީ މިކަނޑު ހުރަސްކޮށް އަމާން ބަނދަރަކަށް ވާސިލެއް ނުވެވޭނެ އެވެ. މި ނެށުން ކުރިއަށްދާއިރު، ފިކުރު ބަދަލުކުރުމުގެ ފަންނަށް ކަމުވޮށި، ބެލުންތެރިންގެ އިހުތިރާމު ހޯދާނީ ކޮން ސިޔާސީ ބޭފުޅުންނެއްކަން ވަގުތާއެކު އެނގިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox