އިޓްލޮސްގެ ނިންމުން ބަދަލުކޮށް ހަގީގީ ނަތީޖާ ހޯދޭނީ ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްގެން: ގާސިމް

މީގެ ކުރިން ޖުމްހޫރީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

މީގެ ކުރިން ޖުމްހޫރީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގެ އިން ކަނޑައަޅައި އިޓްލޮސް އިން ނިންމި ނިންމުމަށް ބަދަލު ގެނެވޭނީ ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ވިސްނުންތެރިކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް އެހެން ވިދާޅުވީ އިން ވަކިކުރި ގޮތާމެދު ހިތްހަމަނުޖެހި، އެއީ ދިވެހިންގެ ކަނޑުން ބައެއް ވިއްކާލުން ކަމަށް ބުނެ، "ފޯޅަވަހި ކޯލިޝަނުން" އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދި އެ ޕާޓީގެ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

"މާހިރުންގެ ލަފައާ އެކު އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނެ އެންމެހައި މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް އެއީ ހަގީގީ ނަތީޖާއެއް ހާސިލުވާނެ މަގުކަމުގައި އަޅުގަނޑު ދެކެން،" އެ މެސެޖުގައި ގާސިމް ލިޔުއްވައިފައިވެ އެވެ.

Advertisement

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި، ގާސިމް ވިދާޅުވީ ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާއަކީ ކޮބައިކަން އެ ޕާޓީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންނަށް ވެސް އެނގޭނެ ކަމަށާއި ޖޭޕީން އިސްކުރަންވާނީ ގައުމުގެ އަމަންއަމާންކަމާއި އާންމު މަސްލަހަތު ކަމަށެވެ.

ގާސިމް އެހެން ވިދާޅުވިއިރު، ހުކުރު ދުވަހުގެ އެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބަޔަކީ އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނެވެ. އެ ކޯލިޝަނުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލައިފައިވާ ކަމަށް ބުނެ އަވައްޓެރި އިންޑިއާއަށާއި ރާއްޖޭގެ ސަރުކާރަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox