ފޯޅަވަހި ކޯލިޝަނުން ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގެންފި

މީގެ ކުރިން އޮތް ޖުމްހޫރީ ޕާޓީގެ ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީގެ ކުރިން އޮތް ޖުމްހޫރީ ޕާޓީގެ ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ތިބެން ވާނީ ގައުމު ހަލަބޮލި ނުވާނެ ވިސްނުމެއްގައި ކަމަށާއި ފޯޅަވަހި ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އިން ވަކިކުރި ގޮތާމެދު ހިތްހަމަނުޖެހި، އެއީ ދިވެހިންގެ ކަނޑުން ބައެއް ވިއްކާލީ ކަމަށް ބުނެ، "ފޯޅަވަހި ކޯލިޝަނުން" ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އިލްތިމާސްކޮށް ގާސިމް މިއަދު މެސެޖު ފޮނުއްވީ އެ ޕާޓީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށެވެ.

"ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،" އެ މެސެޖުގައި ލިޔުއްވައިފައިވެ އެވެ.

Advertisement

ޕާޓީގެ މެމްބަރުންނަށް ގާސިމް ހަނދާން އާކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން މެއި 1، 2015 ގައި ބޭއްވި "މޭޑޭ މުޒާހަރާ"ގެ ނަތީޖާ ނުކުތް ގޮތެވެ.

ގާސިމް ވިދާޅުވީ މޭޑޭގެ މުޒާހަރާއިން ނުކުންނާނެ ކަމަށް ލަފާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެ މުޒާހަރާގައި ވެސް ޖުމްހޫރީ ޕާޓީން ބައިވެރިނުވަން ނިންމީ ނަތީޖާ ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އެދިވަޑައިގެންނެވި އެވެ.

އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އިލްތިމާސް ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ފޯޅަވަހި ކޯލިޝަނާ އެކު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ. ނަމަވެސް އެ ޕާޓީން ކަނޑުގެ އިންވަކިކުރުމުގެ މައްސަލައިގައި ރަސްމީކޮށް ވަކި ސްޓޭންޑެއް ނަގައިފައެއް ނުވެ އެވެ.

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިފައިވާ ކަމަށް ބުނެ ފޯޅަވަހި ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އެ ކޯލިޝަނުގެ ތެރޭގައި ވެސް ވަނީ ބައެއް ކަންކަމުގައި ދެބަސްވެ ހިޔާލު ތަފާތުވެފަ އެވެ.

ފޯޅަވަހި ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް, ޕީއެންސީ، އެމްއެންޕީ، އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރެވެ.

ހުކުރު ދުވަހުގެ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގެންފައި ވާއިރު، އަލަށް އުފައްދާ ދަ ޑިމޮކުރެޓްސް އިން ވެސް އަދި އެ އެއްވުމުގައި ބައިވެރިވުމާ މެދު ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox