އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި ޑިމޮކްރެޓްސް ހަރުގެ ހުޅުވައިފި

އެމްޑީޕީގެ މައި ހަރުގޭގެ ބޭރުގައި ހުރި ރައީސް ސޯލިހުގެ ޕޯސްޓަރެއް އެތަނުން ނަގަނީ. އެތަން އެ ޕާޓީން ނެގީ ސަބް ލީސް އެއްބަސްވުމެއްގެ ދަށުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ މައި ހަރުގޭގެ ބޭރުގައި ހުރި ރައީސް ސޯލިހުގެ ޕޯސްޓަރެއް އެތަނުން ނަގަނީ. އެތަން އެ ޕާޓީން ނެގީ ސަބް ލީސް އެއްބަސްވުމެއްގެ ދަށުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާޓިފިޝަލް ބީޗް ކުރިމަތީގައި, އެމްޑީޕީގެ ހަރުގެ ހުންނަ ތަނުގައި, އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީގެ ހަރުގެ ހުޅުވައި އެ ޕާޓީއަށް މެންބަރުން ވެެއްދުމަށް ފޯމު ފުރަން ފަށައިފި އެވެ.

ޑިމޮކްރެޓްސްގެ ހަރުގެ އެ ތަނުގައި ހުޅުވުމަށް މިއަދު ހަވީރު އެއްވުމަށް މި ބާއްވަނީ، އެ ތަނުގެ ވެރިފަރާތުން އެ ތަން ހުސްކުރަން އެމްޑީޕީއަށް އެންގުމުން އެ ޕާޓީން އެ މައްސަލާގައި ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ.

އެމްޑީޕީ ހަރުގެ ހިންގަމުން އައި އެ ބިމުގެ ވެރިފަރަތަކީ އެ ޕާޓީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މިދިޔަ މާޗް މަހު ފަހު ދުވަހުގަ އެވެ.

ޑިމޮކްރެޓްކްސް އިން މިއަދު ހަވީރު ހަރުގަ ހުޅުވާ ރަސްމިއްޔާތަށް ނޫސްވެރިންނަށް ދިން ދައުވަތާއެކު، އެ ސަހަރައްދުގައި ތިބި ނޫސްވެރިންނާ ބައްދަލުކޮށް ޝަފިއްޔާ ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ.

އެ އިމާރާތް ޑިމޮކްރެޓުންގެ ފަރާތުން ނަގާފައި ވަނީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަން އެ ޕާޓީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޝަފިއްޔާ އަދި އޭނާގެ ވަކީލު ހަމްޒާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
ޝަފިއްޔާ އަދި އޭނާގެ ވަކީލު ހަމްޒާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޝަފިއްޔާ އަދި އޭނާގެ ވަކީލު ހަމްޒާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

"މި ތަނަށް އެހެން ޕާޓީގެ ބަޔަކު އައުމަކީ އަޅުގަނޑުމެން ބަލަން ޖެހޭ ކަމެއް ނޫން، އަޅުގަނޑުމެން މި ތަން ކުއްޔަށް ދިނީ ވިޔަފާރިވެރިޔަކަށް، ޑިމޮކްރެޓްސް އިން ދެން ސާފުކުރުން ރަނގަޅު، ސަބްލީޒަށް ކުއްޔަށް ނެގީތޯ،" ޝަފިއްޔާ ބުންޏެވެ.

އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ހަރުގެ ހިންގަން ހަދާފައިވާ އެއްބަސްވުމުވެ މުއްދަތު ހަމަވެފައި އޮތް ނަމަވެސް, އަންނަ ރިޔާސީ އިންތިހާބު ނިމެންދެން އެތަނުގައި ތިބެވޭނެ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށެވެ.

ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވި ފަހުން އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން ގެންދިޔައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ގޮތަށް ހަރަކާތްތެރިވަމުންނެވެ. ހަރުގެ ހުސްކުރަން ނޯޓިސް ދިނީ ވެސް ޕްރައިމަރީއަށް ފަހުގަ އެވެ.

ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވާން ނިންމައި، އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތް ފެށީ އެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ޑިމޮކްރެޓްސްގެ މެމްބާޝިޕް ޑްރައިގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރިއަށްދަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
ޑިމޮކްރެޓްސްގެ މެމްބާޝިޕް ޑްރައިގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރިއަށްދަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޑިމޮކްރެޓްސްގެ މެމްބާޝިޕް ޑްރައިގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރިއަށްދަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އާޒިމް ހިމެނޭހެން ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ. ނަމަވެސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ނަޝީދުގެ އިރުޝާދާއެކު އުފައްދަވާ ދަ ޑިމޮކްރެޓްސްއިން މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox