ނައީމާގެ ގާތިލުން ހޯދުނު ގޮތާއި މަރާލި މަގުސަދު

ނައީމާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ތިން މީހުން ވަނީ ހައްޔަރުކޮށްފައި. މި ތިން މީހުން ވެސް މަސްތުވާތަކެއްޗާ ގުޅުން އޮތް --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު

ނައީމާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ތިން މީހުން ވަނީ ހައްޔަރުކޮށްފައި. މި ތިން މީހުން ވެސް މަސްތުވާތަކެއްޗާ ގުޅުން އޮތް --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު

ގާތިލުން ކަމަށް ޝައްކު ކުރާނެ މީހަކު ނެތި، މަންޒަރު ދުށް ބަޔަކު ވެސް ނެތި، ފުލުހުންގެ ތަހުގީގު މުޅިންހެން ބައްޓަންކުރަން ޖެހުނީ ކުށުގެ ވެށިން ލިބޭ މާއްދީ ހެކިތަކުންނެވެ. ރަށުގެ ގިނަ ބަޔެއްގެ ޑީއެންއޭ ސާމްޕަލާއި އިނގިލީގެ ނިޝާން ވެސް ފުލުހުން ނެގި އެވެ.

އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު ނ. މަނަދޫ، ނައީމާ މޫސާ (62 އ.) މަރަލާފައި އޮއްވާ ފެނުނު ފަހުން މުޅި ރަށް އޮތީ މިދިޔަ ދެ މަސް ދުވަހު ހާސްކަމާއި ބިރުވެރިކަމެއްގަ އެވެ. ފުލުހުންނަށް ކުރިއެރުމެއް ނުލިބޭތީ އެވެ. ގާތިލް ނޭނގި އޭނާ ރަށު ތެރޭ އެހެން މީހަކަށް ހާނިއްކައެއް ވެސް ދިނުމުގެ ހީ އޮވެގެނެވެ.

ހަމަހިމޭން ސުލްހައެއް ޒަމާންތަކެއްވަންދެން އޮތް މަނަދޫއަށް އައިސް އޮތް ބަދަލާއެކު، ގާތިލުންނާ ހަމައަށް ދެވުނީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ. އެކަމަކު ގާތިލުންނާ ހަމައަށް ދެވުމުގައި، ތަހުގީގުގެ ކުރިއެރުންތަކަށް ވުރެ ބޮޑަށް މި ފަހަރު ވެސް އޮތީ ނަސީބެވެ.

Advertisement

"އަދަދު" ނޫހުން ވަނީ ގާތިލުންނާ ހަމައަށް ފުލުހުންނަށް ދެވުނު ގޮތާއި އެ މީހުން ނައީމާ މަރާލި މަގުސަދު ސާފު ކުރުމަށް މަސައްކަތްތަކެއް ކޮށް މައުލޫމާތުތަކެއް އެއްކޮށްފަ އެވެ.

ހައްޔަރުކުރި މީހުން؛

  • ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު (23 އ.)
  • ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އ.)
  • ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު (21 އ.)

ގާތިލުންނާ ހަމައަށް ދެވުނު ގޮތް؛

ފުލުހުންނަށް ގާތިލު ނުހޯދި މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ގާތިލުންނާ ހަމައަށް ދިޔައީ ވެސް މަސްތުވާތަކެއްޗާއެކު އަހުޒަމް އަބްދުލް ޝަކޫރު ހައްޔަރުކޮށް އޭނާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ދެއްކި ވާހަކަތަކަށް ފަހުގަ އެވެ. އޭގެ ތެރެއިން އަހުޒަމް އަބްދުލްޝުކޫރު ކުށަށް އިއުތިރާފުވެގެންނެވެ.

މަނަދޫ ކޯޓުން އަހުޒަމް ބަންދުކުރަން ދެ އަމުރެއް ނެރެފައިވެ އެވެ. ދެ އަމުރު ވެސް އާންމުކޮށްފައިވާއިރު އޭގައި ވެސް އޮންނަނީ އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އަދި އެ ކޮޓަރިން 56.1 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ފުރަތަމަ ކޯޓުން ޖަހާފައި ވަނީ ތިން ދުވަހުގެ ބަންދު މުއްދަތެކެވެ. ދެން އޮތް އަމުރުގައިވަނީ 14 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. ނަމަވެސް, ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި، މުޖުތަމައަށް "އިތުރު" ނުރައްކަލެއް ފޯރުކުރުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެ ހުށަހެޅި ހެކިތަކުގެ މައްޗަށް ބަންދު މުއްދަތު އިތުރުކޮށްދިނީ އެވެ.

މަނަދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލާގަ އެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުގައި އޮވެ، މަސްތުވާތަކެއްޗަށް ބޭނުން ޖެހިގެން ރުޅީގައި އެކި ވާހަކަ ގޮވަމުން, ފަހުން އޭނާ ކުށަށް ވެސް އިއުތިރާފުވީ އެވެ.

"ގޮޅީ ތެރޭގައި އޮވެގެން އޭނާ ގޮވީ، ސިކުވެގެން އެ ރުޅީގައި، ތިމަންނައޭ ނައީމާ މަރާލީ، އެއްބަސްވީމަ ދެން އޭނަގެ ފަރާތުން މައުލޫމާތު ހޯދައިގެން އިތުރު މީހުންނާ ހަމައަށް ގޮސްފައި އެ އޮތީ،" މަނަދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެކަމަކު ފުލުހުންގެ އިސް އޮފިޝަލަކު ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އެހެން ނަމަވެސް, އިތުރު އެއްވެސް ތަފްސީލެއް އެ އޮފިޝަލް "އަދަދު" ނޫހާ ހިއްސާކޮށްފައި ނުވެ އެވެ.

އަހުޒަމާއި އިތުރު ބަޔަކު ނައީމާ ދިރިއުޅޭ ގެ ކައިރީ ހުންނަ އިމާރާތްކުރަމުންދާ ދެ ބުރީގެ ތަނެއްގެ މަތީ ބުރިއަށް އަރައި އުޅެނިކޮށް ބަޔަކަށް ފެނުނު ވާހަކަ ރަށު ތެރޭގައި ކިޔައި އުޅުނެވެ. އަދި އަހުޒަމާއެކު، ފަވާޒު އޭނާ ދުއްވާ ކާރު ވަރަށް ގިނައިން ރަށު ތެރޭގައި އެ ރޭ ދުއްވި ކަމަށް ރަށު މީހުން ކިޔަ އެވެ.

ރިފާސް ހައްޔަރުކޮށްފައި ވަނީ އަހުޒަމް ހައްޔަރުކުރި ފަހުން ރަށުންނެވެ. އޭގެ ފަހުން ފަވާޒު ދުއްވާ ކާރުގެ ވެރިފަރާތް އަދި ފަވާޒުގެ ބައްޕަ ވަނީ ފުލުހަށް ހާޒިރުކޮށް، ބަޔާނެއް ނަގައިފަ އެވެ. އޭގެ ވެސް ފަހުން ފަވާޒު ހައްޔަރުކުރީ ރޭ މާލޭގައި އުޅެނިކޮށެވެ.

ބެލެވޭ ގޮތުގައި ރިފާސް އަދި ފަވާޒުއާ ހަމައަށް ފުލުހުން ގޮސްފައިވަނީ އަތުގައި ހުރި ހެކިތަކުގެ އިތުރުން އަހުޒަމް ދިން މައުލޫމާތުގެ މައްޗަށެވެ.

މަގުސަދު މުޅިން ސާފުނުވިޔަސް ބެލެވޭ އެތައް ކަމެއް

ރަށު މީހުން ކިޔައިދިން ގޮތުން އެ ތިން މީހުނަކީ ވަރަށް ގިނައިން އެކީގައި އުޅޭ ތިން މީހުނެވެ. އޭގެ ތެރެއިން އަހުޒަމާއި ރިފާސްގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު ވެސް އެބަ އޮތެވެ. އޭގެ ތެރެއިން ފަވާޒާއި ރިފާސަކީ ވަރަށް ގާތް އެކުވެރިން ކަމަށް ރަށު މީހުން ބުންޏެވެ.

ތިން މީހުން ހައްޔަރުކޮށްފައިވަނިކޮށް ގިނަ ބަޔަކަށް ފާހަގަކުރެވުނު އެއް ކަމަކީ ކުށަށް އިއުތިރާފުވެފައިވާ އަހުޒަމްގެ ފޭސްބުކް ޕޯސްޓެކެވެ. "ސިހުރެއް ނޫން، ކޮންމެ *** ބުޔަސް، މަށަށް ލިބެން އޮތް އެއްޗެއް ވިއްޔާ މަށަށް ލިބޭނެ، އަދި ބަޔަކު މީހުން މިކަމާ ކިތަންމެ ހަސަދަވެރިވިޔަސް،" މި ގޮތަށް ލިޔެފައިވެ އެވެ.

ނަމަވެސް, މިއީ ނައީމާއާ ގުޅުވައި އޭނާ ކޮށްފައިވާ ޕޯސްޓެއް ކަމެއް ސާފެއް ނޫނެވެ.

އަހުޒަމްގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއް

ނައީމާގެ ސިހުރު ހެދުމުގެ ތާރީހެއް އޮތް ކަމަށް ބުނެ ރަށު މީހުންނާ އޭނާއާ މާ ބޮޑު ގުޅުމެއް ނޯވެ އެވެ. ނައީމާ ދިރިއުޅެމުން ދިޔައީ ވެސް އެކަންޏެވެ. ރަށުގެ ގިނަ މީހުނާއި، އާއިލާ މީހުން ވެސް ނައީމާ ސިފަކުރަނީ އެކަނި މާ އެކަނި ވެސް އަމިއްލައަށް ކައްކައިގެން މަސައްކަތް ކޮށްގެން ދިރިއުޅޭ "މުރާލި" މީހެއް ގޮތަށެވެ.

މީގެ އިތުރުން ފަވާޒަކީ ނައީމާގެ އަވައްޓެރިއެކެވެ. ފަވާޒު ދިރިއުޅޭ ގެ ހުންނަނީ ނައީމާ ދިރިއުޅޭ ގެއާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން ފަވާޒާއި ދެން ތިބި މީހުން އުޅުނު ގޮތް ނައީމާއަށް ފެނުމަކީ ވެސް ގާތް ކަމެކެވެ. އެ ކަމުގެ ރުޅީގައި އަނިޔާއެއް ދިނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ދެން މަގުސަދަކަށް ވާނީ ފައިސާ އެވެ. ނައީމާގެ މުސާރައަކީ 5،000 ރ. ކަމަށް ރަށު މީހުން ބުނެ އެވެ. އެހެންވިޔަކަސް ހަމައެކަނި ފައިސާ ނަގަން މަރާލުމާ ހަމައަށް ގޮސްދާނެ ކަމަކަށް ރަށު މީހުންނަށް ވެސް ގަބޫލުކުރަން ދައްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox