ކޭމްޕް ނޯގެ އިތުރުން ބުސްކެޓްސް އާއި އަލްބާ އަށް ހާއްސަ މެޗަކުން ބާސެލޯނާ އަށް މޮޅެއް

May 29, 2023, 5:11 AM
ބާސެލޯނާ ރޭ ކުޅުނު މެޗަށް ފަހު އަލްބާ (ކ) އާއި ބުސްކެޓްސް.

ބާސެލޯނާ ރޭ ކުޅުނު މެޗަށް ފަހު އަލްބާ (ކ) އާއި ބުސްކެޓްސް.

ބާސެލޯނާ (މެއި 29) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 3-0 އިން ރެއާލް މަޔޯކާ އަތުން މޮޅުވި މެޗަކީ މަރާމާތަށް ބަންދުކުރުމުގެ ކުރިން ބާސެލޯނާގެ ދަނޑުގައި ކުޅޭ ފަހު މެޗުކަމަށްވާއިރު، ރޭގެ މެޗަކީ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އަލްބާ އާއި ބުސްކެޓްސް އެ ދަނޑުގައި ކުޅުނު ފަހު މެޗު ކަމަށްވާތީ އެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ ލޯބި ދައްކާލައިފި އެވެ.

ތިން އަހަރަށް ފަހު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އަށް ރޭގެ މެޗު ފެށިގެން 49 ސިކުންތު ތެރޭގައި ލީޑުނަގައިިދިނީ އަންސޫ ފާޓީ އެވެ. މަޔޯކާ އަށް މެޗުގެ ތެރެއަށް އެނބުރި އަންނަން ގޮންޖެހުމާ ކުރިމަތިވީ 14 ވަަނަ މިނިޓްގައި އަމަތު އެންޑިއާޔޭ އަށް ރަތް ކާޑެއް ދެއްކުުންނެވެ. އޭގެ، 10 މިނިޓް ފަހުން، ބާސެލޯނާ އަށް ލީޑުފުޅާކޮށްދިނީ ވެސް ފާޓީގެ ގޯލަކުންނެވެ.

މެޗުގެ 70 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ގަވީ އެވެ.

މި ސީޒަނަށް ފަހު އަލްބާ ބާސެލޯނާ ދޫކޮށްލަން ނިންމިއިރު، އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅެމުންނެވެ. އަނެއްކޮޅުން، ބާސެލޯނާގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ސާޖީ ބުސްކެޓްސް އަކީ ބާސެލޯނާގެ ލަ މާސިއާ އެކެެޑަމީ ތެރެއިން ޕެޕް ގާޑިއޯލާ ހުރިއިރު، 2008 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ތަފާތު ދައްކަން ފެށި ކުޅުންތެރިއެކެވެ.

އަލްބާ އާއި ބުސްކެޓްސް ވަނީ ރޭގެ މެޗަށް ފަހު ބާސެލޯނާ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާގެ ދަނޑު، ކޭމްޕް ނޯ މަރާމާތަށް ބަންދުކުރާއިރު، ދެން ހުޅުވާނީ އަންނަ އަހަރު ފަހުކޮޅުގަ އެވެ. ބާސެލޯނާގެ ދަނޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް މުއްސަނދި ތާރީހެއް އެކުލެވޭ ސްޓޭޑިއަމެކެވެ. އެ ގޮތުން، ރަސްމީކޮށް 1957 ވަަނަ އަހަރު ހުޅުވި ބާސެލޯނާގެ ކޭމްޕް ނޯ ބަންދުކޮށްފައި މި އޮންނަ މުއްދަތުގައި ބާސެލޯނާގެ ހޯމް މެޗުތައް ކުޅޭނީ މޮންޓްޔޫއީގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

މި ފަހަރު ލީގުގައި ބާސެލޯނާ ކުޅޭ ފަހު މެޗަކީ އަންނަ އާދިއްތަ ދުވަހު ސެލްޓަ ވިގޯއާ ބައްދަލުކުރާ މެޗެވެ. އެ މެޗު ކުޅޭނީ ވީގޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox