ހުލާސާކޮށް އިއްޔެ: އަލައިކާ އާއި އަންސަރު ވަކިކުރުން ނަޝީދު ސިފަ ކުރެއްވީ ދިވެހިންނަށް ދޭ ގެއްލުމެއްގެ ގޮތުގައި

May 29, 2023, 2:24 AM
ހުލާސާކޮށް އިއްޔެ: އަލައިކާ އާއި އަންސަރު ވަކިކުރުން ނަޝީދު ސިފަ ކުރެއްވީ ދިވެހިންނަށް ދޭ ގެއްލުމެއްގެ ގޮތުގައި

އެމްޑީޕީ ދޫކޮށް އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު މަގާމުތަކުން ވަކިކުރުމަކީ ދިވެހިންނަށް ދިން ގެއްލުމެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްއާ ގުޅުމުން މަގާމުން ވަކިކޮށްފައިވަނީ އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރާއި ހޯމް މިނިސްޓްރީގެ ޕޮލިސީ ޑައިރެކްޓަރު އައިޝަތު އަލައިކާ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު ހަމްދާނެވެ. ހަމްދާނާއި އަލައިކާ އަކީ ދެމަފިރިންނެވެ.

ސިޔާސީ މަގާމުތަކުން ވަކިކުރަމުންދަނީ އެމްޑީޕީގެ ސްލޮޓުތަކުގައި އައްޔަނުކުރި ފަރާތްތައް އެ ޕާޓީން ވަކިވުމުން ކަމަށާއި އެ ފަރާތްތައް މަގާމުން ވަކިކުރަނީ ޕާޓީން އެދިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

ޕާޓީން އެދިގެން މަގާމުން ތިން ބޭފުޅަކު ވަކިކުރުން ވެސް، އެމްޑީޕީގެ ރައީސް ނަޝީދަށް ގޯސްވީ ސަރުކާރެވެ.

"[އެއީ] އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރަން އިނގޭނެ ގާބިލު މީހުން. އެ މީހުން ވަކިކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް،" އަންސަރު، އަލައިކާ، ހަމްދާން ވަކިކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައި އެ މަނިކުފާނު އަޑީގައި ހުންނަވައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުމަށް ފަހު ވެސް ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ނުދެއްވި ނަމަވެސް، ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީގެ ޗެއާމަން މައުސޫމް ވަނީ މަގާމުން އިސްތިއުފާ ދެއްވައި ނަމޫނާ ދައްކަވައިފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީން ވަކިވި ތިން މެމްބަރަކު ފުރުއްވަމުން ގެންދެވި ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރުމުން، އެކަން ކުށްވެރުކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ،

މިއަދު ސަރުކާރުން ވަކިކުރި އަންސަރު، އަލައިކާ، ހަމްދާން އަކީ ވެސް މި އެމްޑީޕީ ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން. [އެއީ] އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރަން އިނގޭނެ ގާބިލު މީހުން. އެ މީހުން ވަކިކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް،"

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox