މި މަހު ޓޫރިސްޓުންގެ އަދަދު ދަށަށް: އެކަމަކު ރަނގަޅު!

ވެލާނާ އިންޓަނެޝަން އެއާޕޯޓުގައި ޓޫރިސްޓުން ހަރަކާތްތެރި ވަނީ: މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އައީ 94،604 ޓޫރިސްޓުން -- އަދަދު ފޮޓޯ/ އަބަދުﷲ އިޔާން

ވެލާނާ އިންޓަނެޝަން އެއާޕޯޓުގައި ޓޫރިސްޓުން ހަރަކާތްތެރި ވަނީ: މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އައީ 94،604 ޓޫރިސްޓުން -- އަދަދު ފޮޓޯ/ އަބަދުﷲ އިޔާން

މި މަހު ރާއްޖެ އައި ޓޫރިސްޓުން މިދިޔަ އަހަރުގެ މޭ މަހަށްވުރެ މަދުވި ނަމަވެސް، ކަނބޮޑުވާން ޖެހޭ ވަރަށް ދަށް ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ކޮންމެ މަހަކު ވެސް، މިދިޔަ އަހަރަށްވުރެ، އިތުރުވެފައިވެ އެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 5.6 ޕަސެންޓް ދަށްވެފަ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 94،604 ޓޫރިސްޓުން އައިސްފައި ވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 100،230 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ 2022 ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް، ފާހަގަ ކުރި އަހަރަށް ވުމާއެކު، މިދިޔަ އަހަރުގެ މޭ މަހު އައި ޓޫރިސްޓުންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވި ކަމަށެވެ. މި މަހު، ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް، 2019 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، މި މަހުގެ މިހާތަށް އައި ޓޫރިސްޓުންގެ އަދަދު 15.5 ޕަސެންޓް މަތި ކަން، މިނިސްޓަރު ފާހަގަ ކުރެވި އެވެ.

"ގޯލްޑަން އިޔާ އާ ގުޅިގެން މިދިޔަ އަހަރު ރަނގަޅުވާނެ ކަމަށް އޮތީ ގަބޫލު ކުރެވިފައި، މެއި މަސް އަދިވެސް 2019 ވަނަ އަހަރަށްވުރެ ރަނގަޅު، މުޅި އަހަރަށް ބަލާއިރު ވެސް 15.6 ޕަސެންޓުގެ ކުރިއެރުމެއް (2022 އަޅާ ބަލައިރު) އެބައުޅޭ،" މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ 24 ދުވަހު ރާއްޖެ އައިސްފައިވަނީ 81،889 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ 782،889 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މިހައި ތަނަށް އައިސްފައި ވަނީ 677،034 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.67 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަހަރު އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox