ރާއްޖޭން ފަހަތުން އަރައި ބަންގްލަދޭޝް ބަލިކޮށްފި

May 27, 2023, 10:21 AM
ރާއްޖޭން ފަހަތުން އަރައި ބަންގްލަދޭޝް ބަލިކޮށްފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ފަހަތުން އަރާ ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން މުބާރާތުގެ ހަތް ވަނަ ހޯދައިފި އެވެ.

ކާވާ އަންހެން ޗެލެންޖު ކަޕްގައި ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ބަލިވެފައިވާއިރު ރޭންކިންގެ ފުރަތަމަ މެޗުގައި ކިރިގިސްތާން އަތުން ވެސް ވަނީ ބަލިވެފަ އެވެ.

ނަމަވެސް, މިއަދު ރާއްޖެ އިން ވަނީ ބަންގްލަދޭޝުން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ހޯދައި 3-1 ސެޓުން މެޗުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން 21-25 އިން ކާމިޔާބުކުރިއިރު، ރާއްޖެއިން ޖެހިގެން އައި ތިން ސެޓު ހޯދީ 25-14، 25-23 އަދި 25-15 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފެށިގޮތަށް ބަންގްލަދޭޝުން ރަނގަޅު ލީޑެއް ނެގި އެވެ. ދިވެހި ކުޅުންތެރިންނަށް ގާތް ގާތުގައި ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި 1-6 އިން ބަންގްލަދޭޝް ލީޑު ނެގި އެވެ. މި ދަނޑިވަޅުގައި ދިވެހި ޓީމުން ޓައިމްއައުޓެއް ނަގައި ހަމަޖެހިލަން މަސައްކަތްކުރި އެވެ. ނަތީޖާއެއްގެ ގޮތުން 7-8 އަށް ސްކޯ ކައިރި ކުރި އެވެ. ދިވެހި ޓީމަށް މައްސަލަތައް ދިމާވީ އަނެއްކާވެސް ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އާމިނަތު ޝަހާ ޝާމިން އަށް ރަނގަޅު ހަމާލާތަކެއް ފޮނުވާ ނުލެވިގެންނެވެ.

ބަންގްލަދޭޝުން 10-14 ގައި ނެގި ހަތަރު ޕޮއިންޓްގެ ލީޑު އެޓީމުން ސެޓުގެ ފަހުކޮޅާ ހަމައަށް ދެމެހެއްޓި އެވެ. އެ ގޮތުން. 18-22 ގައި ސްކޯ އޮއްވައި ހައްވަގެ ރަނގަޅު ދެ ހަމަލާއަކުން ރާއްޖެ އިން ދެ ޕޮއިންޓަށް ސްކޯ ކައިރިކުރި ނަމަވެސް ބަންގްލަދޭޝުން ކުޅުން ރަނގަޅުކޮށް 21-25 އިން ސެޓު ކާމިޔާބުކުރި އެވެ.

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުވެސް ފެނުނީ ވާދަވެރިކޮށެވެ. އެ ގޮތުން 8-8 އިން ސްކޯ އެއްވަރުވެފައި އޮއްވާ ރާއްޖެއިން ކުޅުން ވަރުގަދަކޮށް ގިނަ ޕޮއިންޓްތަކެއް ހޯދި އެވެ. ފާތިމަތު ޝަމްހާގެ މޮޅު ސާވިސްތަކާއި ޝަހާގެ ބާރު ހަމަލާތަކުން ރާއްޖެއިން ހަތް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ބަންގްލަދޭޝްއަށް މި ސެޓުގައި އިތުރު ފުރުސަތުތަކެއް ނުދީ 11 ޕޮއިންޓްގެ ލީޑަކާއި 25-14 އިން ރާއްޖެއިން މި ސެޓު ކާމިޔާބުކުރި އެވެ.

ތިން ވަނަ ސެޓުވެސް ރާއްޖެއިން ފެށީ އިތުބާރާއެކުގަ އެވެ. އެ ގޮތުން ކެޕްޓަން ހައްވަ ވަނީ ސެޓުގެ ކުރީކޮޅު ރަނގަޅު ހަމަލާތަކެއް ފޮނުވާލައި ފަސް ޕޮއިންޓްގެ ލީޑު ނަގައިދީފަ އެވެ. ދިވެހި ކުޅުންތެރިންގެ ރަނގަޅު ޑިފެންސްތަކާ އެކު ލީޑު ހިފަހައްޓައި ސެޓުގެ ފަހުކޮޅުން ރާއްޖެއިން ލީޑު ފުޅާކުރި އެވެ. ސެޓުގެ ފަހުކޮޅު ރާއްޖޭގެ ޓީމުން ބަދަލުތަކެއް ގެނައި ދަނޑިވަޅުގައި ބަންގްލަދޭޝުން ކުޅުން ވަރުގަދަކޮށް ޕޮއިންޓަކަށް ކައިރިކުރި އެވެ. 24-23 ގައި ސްކޯ އޮއްވާ ރާއްޖެއިން ސެޓު ކާމިޔާބުކުރީ ޝަހާގެ ބާރު ހަމަލާއަކުންނެވެ.

ޖެހިގެން އައި ސެޓުވެސް ރަނގަަޅަށް ފަށައި ރާއްޖެއިން ހަ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނިސްބަތުން މޮޅު ކުޅުމެއް ރާއްޖެއިން ދެއްކި މި ސެޓުގައި ރާއްޖޭގެ ހުރިހާ ޑިޕާޓްމެންޓަކުންވެސް އިތުބާރާއެކު ކުޅުނެވެ. ރާއްޖެއިން މި ސެޓު ކާމިޔާބުކުރީ 25-15 އިންނެވެ.

މިއީ ގައުމީ ޓީމުގެ ކޯޗުކަމާ މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ހަވާލުވި ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ ކޯޗުކަމުގައި ރާއްޖޭން ހޯދި ފުރަތަމަ މޮޅެވެ.

މި މެޗާ އެކު ރާއްޖެ އަށް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕް ނިމުނީ އެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި މާދަމާރޭ އިންޑިއާ ނިކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox