ޗައިނާ އާއި އެމެރިކާގެ ވިޔަފާރި މަޝްވަރާގައި ހޫނު ބަހުސެއް

ވިޔަފާރި މަޝްވަރާގައި ބައިވެރިވި ޗައިނާގެ ވަފުދު. -- ފޮޓޯ: އޭއެފްޕީ

ވިޔަފާރި މަޝްވަރާގައި ބައިވެރިވި ޗައިނާގެ ވަފުދު. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (މޭ 27) - މަދުން ނޫނީ ނުބާއްވާ ޗައިނާ އާއި އެމެރިކާގެ ވިޔަފާރި މަޝްވަރާގެ ތެރެއިން ހުކުރު ދުވަހު ދެ ގައުމުން ހޫނު ބަހުސަކަށް ހިނގައްޖެ އެވެ.

ދެ ގައުމުން ވެސް ތުހުމަތުތައް ކުރަމުން ގޮސް ބަހުސް ހޫނުވި ނަމަވެސް، މަޝްވަރާގެ ދޮރު އަބަދުވެސް ހުޅުވާފައި ބާއްވަން އެއްބަސްވި އެވެ.

މަޝްވަރާ ބައްދަލުވުން އޮތީ އެމެރިކާގެ ޑަޓްރޮއިޓްގައި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕޮރޭޝަން ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.

ޗައިނާގެ މިނިސްޓަރު ވާންގް ވެންޓާއޯ ބައްދަލު ކުރެއްވީ އެމެރިކާގެ ވިޔަފާރި މަންދޫބު ކެތެރީން ޓައިއާ އެވެ. އޭގެ ކުރިން ވާންގް ވަނީ އެމެރިކާގެ ވިޔަފާރި ސެކެޓްރީ ޖީނާ ރައިމޮންޑޯއާ ބައްދަލުކުރައްވައިފަ އެވެ.

އެމެރިކާގެ ބަޔާނުގައި ބުނީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރި ގުޅުން ދުނިޔެއަށް މުހިއްމުކަން ޓައި ފާހަގަ ކުރެއްވި ކަމަށާއި އެހެންވެ މަޝްވަރާއަށް އަބަދުވެސް ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީން ބުނީ ބައްދަލުވުން އޮތީ ވަރަށް ހުޅުވާލެވިގެން، ސާފުކޮށް ބޭނުން ވާހަކައެއް ދެއްކޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެމެރިކާގެ ސިޔާސަތުތަކާ މެދު ވާންގް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި ވަކިން ހާއްސަކޮށް ޓައިވާންގެ މައްސަލަ ފާހަގަކުރެއްވި ކަމަށް ޝިންހުއާއިން ރިޕޯޓުކުރި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެމެރިކާއިން ރަސްމީ ގުޅުން ބާއްވަނީ ޗައިނާއާ އެކު ނަމަވެސް، ޓައިވާން ވަކި ދައުލަތަކަށް ވުމަށް ކުރާ މަސައްކަތަށް އެހީވެދެ އެވެ.

އޭގެ އިތުރުން އެމެރިކާގެ ޗިޕް އުފައްދާ މިކްރޯންގެ ސެކިއުރިޓީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، އެ ކުންފުނީގެ ތަކެތި ނުގަތުމަށް އެންގި އެންގުމާ މެދު އެމެރިކާއިން ކަަންބޮޑުވުން ފާޅުކުރި އެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ޗައިނާއިން އެގޮތަށް ނިންމީ ޗައިނާގެ ކުންފުނިތަކާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތާ ހެދި އެވެ. ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޗައިނާގެ ގިނަ ކުންފުނިތަކުން ވިޔަފާރި ކުރުން އެމެރިކާއިން މަނާކުރި އެވެ.

މިއީ ޖޯ ބައިޑެން ރައީސް ކަމަށް ވަޑައިގެންނެވި ފަހު އެމެރިކާއަށް ދަތުރު ކުރެއްވި ޗައިނާގެ އެންމެ މަތީ ފަންތީގެ ވަފުދެވެ. ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ މަޝްވަރާ ކުރުން މެދުކެނޑުނީ ކޮވިޑްގެ ސަބަބުންނެވެ.

އެހެން ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ބައިޑެން ވަނީ ބާލީއަށް ކުރެއްވި ދަތުރެއްގެ ތެރެއިން ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox