އިނގިރޭސި ޑައުނިން ސްޓްރީޓްގެ ގޭޓުގައި ކާރުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ބީބީސީ

ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ބީބީސީ

ލަންޑަން، އިނގިރޭސިވިލާތް (މޭ 25) - އިނގިރޭސި ބޮޑު ވަޒީރުގެ އޮފީހާއި ރަސްމީ ގެކޮޅު ހުންނަ ޑައުނިން ސްޓްރީޓްގެ ގޭޓުގައި ކާރަކުން ޖެއްސި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކާރު ދުއްވަން އިން ފިރިހެން މީހާ ހައްޔަރު ކުރީ ނުރައްކާތެރިކޮށް ދުއްވުމާއި ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެ އެވެ.

އިނގިރޭސި ނޫސްތަަކުން ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު ބޮޑު ވަޒީރު ރިޝީ ސުނަކް ހުންނެވީ 10 ޑައުނިން ސްޓްރީޓްގަ އެވެ. އެއީ ބޮޑު ވަޒީރުގެ ރަސްމީ އޮފީހެވެ.

އޭގެ އިރުކޮޅެއް ފަހުން އެމަނިކުފާނު އެ ތަނުން ވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވީޑިއޯއިން ފެންނަނީ ރިހި ކުލައިގެ ކިއާ ބްރޭންޑުގެ ކާރެއް މަޑުމަޑުން ދުއްވާފައި ގޮސް ޑައުނިން ސްޓްރީޓުގެ ދަގަނޑު ގޭޓުގައި ޖެހި ހުއްޓޭ މަންޒަރެވެ.

ޑައުނިން ސްޓްރީޓް ސަރަހައްދުގެ ސެކިއުރިޓީ އަބަދުވެސް ރަނގަޅަށް ބަލަހައްޓަ އެވެ. އެއީ އިނގިރޭސި ސަރުކާރުގެ ގިނަ އިމާރާތްތަކާއި ޕާލަމެންޓް އިމާރާތްތަކާ ވެސް ކައިރި ހިސާބެކެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޕާލަމެންޓު ކައިރިން ޕޭމަންޓު މައްޗަށް ކާރުގައު ދުއްވާފައި އެރި މީހެއްގެ ސަަބަބުން ހަތަރު މީހުން މަރުވި އެވެ.

އޭގެ ފަހުން ޕާލަމެންޓުގެ ފެންސުގައި ކާރުން ޖައްސައި، ޕާލަމެންޓުގެ ގޯތިތެރެއަށް ވަދެ، ފުލުހަކަށް ވަޅިން ހަމަލާދިނެވެ. ފުލުހުން އޭނާގެ ގަޔަށް ބަޑި ޖެހުމުން މަރުވީ އެވެ.

ޑައުނިން ސްޓްރީޓްގައި ބޮޑެތި ގޭޓު ކައިރި ހުރީ ލަންޑަންގައި ބޮމުގެ ހަމަލާތަކެއް ދިނުމުން 1989 ގަ އެވެ. އެ މަގަށް ވަންނަ ކާރުތައް ގަވާއިދުން ގޭޓު ކައިރިން ހުއްޓުވައި ބަލައި ފާސްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox