ޖަޕާނުގެ ހިޓާޗީ ކުންފުނިން މިއަހަރުގެ ފެބްރުއަރީ މަހު ނެރުނު އާ ދޮންނަ މެޝިންތައް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ދޮވުނީ ހިކުނީ" ޕްރޮމޯޝަން ކުރިއަށް ދަނީ ޖޫން 22 ގެ ނިޔަލަށެވެ. ދޮންނަ މެޝިންއާއެކު މައިކްރޯވޭވް އަވަނެއް ހިލޭ ލިބޭނެ އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން މިފަހަރު ތައާރަފުކުރި އެވެ. ތައާރަފުކުރީ 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް ދުވުމުގެ ގާބިލްކަން ހުރި، އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިނެވެ.

"އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށް ލެވޭވަރަށް ހިއްކާލެވޭ. މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގު ގޮތުންވެސް ހެޔޮ މެޝިންތައް،" އެސްޓީއޯއިން ބުނެ އެވެ.
އެއް އަހަރު ދުވަހުގެ ވޮރަންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.
އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.
ހަކަތަރިއަކީ ކޮބާ؟
ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕުރޮގުރާމުގެ ދަށުން ކަރަންޓު އާލާތްތަކުގައި ހަރުކުރާ ލޭބަލަކީ ކަރަންޓު މަދުން ބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ފަސޭހަ ކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މައުލޫމާތު އަންގައިދިނުމުގެ މަގުސަދުގައި ހަރުކުރާ ލޭބަލެކެވެ.









