ކިރްގިސްތާނުން ރޭންކިން ފުރަަތަމަ މެޗުގައި ރާއްޖެ ބަލިކޮށްފި

May 25, 2023, 11:16 AM
ކިރްގިސްތާނުން ރޭންކިން ފުރަަތަމަ މެޗުގައި ރާއްޖެ ބަލިކޮށްފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި މިއަދު ކުޅުނު ރޭންކިން މެޗުގައި ކިރްގިސްތާނުން ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްފި އެވެ.

މިިހާތަނަށް މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވަނީ ސެޓެއް ވެސް ނުލިބި އެވެ. މުބާރާތުގައި ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން ނިސްބަތުން ބަލާއިރު، ވާދަކުރެވޭނެ މެޗަކާ ބަލައި، އެންމެ ދަށްކޮށް ދިޔަ މެޗަކީ މިއަދު ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ. ކިރްގިސްތާނުން މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.

ރާއްޖޭން ރޭންކިން ފަހު މެޗުގައި ކުޅެން ޖެހޭނީ މިއަދު ކުޅޭ ރޭންކިން ދެ ވަނަ މެޗުގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކޮށް ބަލިވާ ޓީމަކާ އެވެ. ރާއްޖޭން ދެން ކުޅޭ ރޭންކިން މެޗަކީ މުބާރާތުގެ ހަތް ވަނަ އާއި އެންމެ ފުލަށްދާ ޓީމެއް ކަނޑައަޅާ މެޗެވެ.

އަނިޔާގެ ސަބަބުން މިއަދު ރާއްޖޭން ކުޅުނު އައިޝަތު މާޖިދާ (މާޖީ) އާއި ފައިހާ މުހައްމަދު ނުލަ އެވެ.

ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގެ އިންޑޯ ވޮލީ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ކޮންމެ ސެޓެއްގައި ވެސް ރާއްޖޭން ކުޅޭ ވަގުތުތަކެއް އާދެ އެވެ. ތިން ޕޮއިންޓަށް ލީޑުފުޅާ ކުރުމަށް ފަހު ވެސް އަމިއްލަ އަށް ގޯސްތަކެއް ހެދި، ފަހަތުން އަރައި ކިރްގިސްތާނަށް މޮޅުވާން ފުރުސަތު ދެވެނީ އެވެ.

ރާއްޖެ ޓީމުގެ އެޓޭކުގައި ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ތަޖުރިބާގެ އަލީގައި ކަންކަން ހާސިލްކުރި ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭ ދަނޑިވަޅުތަކުގައި ފެންނަނީ އާދައިގެ ގޮތަކަށެވެ. ކޮންމެ ސެޓެއްގެ ވެސް އެންމެ މުހިންމު ވަގުތުތަކުގައި ރާއްޖެ އަށް އަމިއްލަ އަށް ގޯސްތަކެއް ހެދި މެޗު ގެއްލެނީ އެވެ.

ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ އިރުޝާދުގެ ފުރަތަމަ ފަހަރަށް އަންހެން ވޮލީ ޓީމުން މުބާރާތެއްގައި ވާދަކުރާއިރު، މިހާތަނަށް އަދި ސެޓެއް ވެސް ކާމިޔާބުކުރެވިފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox