ސިފައިންގެ 57 މައްސަލައެއް ކުށުގެ ރެކޯޑަށް ނާރާ ގޮތަށް ފައިލުކޮށްފި

މާލޭގެ މަގެއްގައި ސިފައިން ހަރަކާތްތެރިވަނީ؛ މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންނާ ގުޅުންހުރި 57 މައްސަލައެއް ކުށުގެ ރެކޯޑަށް ނާރާގޮތަށް ފައިލްކުރެވިފައިވާކަަމަށް -- ފޮޓޯ: އަދަދު

މާލޭގެ މަގެއްގައި ސިފައިން ހަރަކާތްތެރިވަނީ؛ މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންނާ ގުޅުންހުރި 57 މައްސަލައެއް ކުށުގެ ރެކޯޑަށް ނާރާގޮތަށް ފައިލްކުރެވިފައިވާކަަމަށް -- ފޮޓޯ: އަދަދު

ސިފައިންގެ އަދުލުގެ ނިޒާމުގެ ތެރެއިން 57 މައްސަލައެއް ކުށުގެ ރެކޯޑަށް ނާރާގޮތަށް ފައިލުކޮށްފި އެވެ.

ސިފައިންގެ އެޖުޓަންޓް ޖެނެރަލް ކޯގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސިފައިންގެ އަދުލުގެ ނިޒާމަކީ ހަމައެކަނި މައްްސަލަތައް ޕްރޮސެކިއުޓުކޮށް އަދަބުދިނުން ނޫން ކަމަށެވެ.

އެ ކުށެއްގެ ބާވަތަށް ބަލައި، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލައި ނަސޭހަތްދީ އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދިއުމަށްް ވެސް މި ނިޒާމުން ޖާގަދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް މިހާތަނަށް 57 މައްސަލައެއްގައި ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ފައިލް ކުރެވިފައިވާކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފަ. މާނައަކީ، ސިފައިންގެ ކުށުގެ ރިކޯޑުތައް އިތުރުކުރުމުގެ ބަދަލުގައި، އިސްލާހުވުމާއި، ކަންކަން ކުރުމުގައި ފަރުވާތެރިވެ ހަރުދަނާވުމާއި، އަސްކަރީ އަދަބު އަހުލާގު މަތީ ދެމިތިބުމަށް މިނިޒާމުން ބާރުއަޅާ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ސިފައިން ވާންވާނީ ގާނޫނަށް ބޯލެނބުމުގައި ނަމޫނާ ބަޔަކަށް ކަމަށެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ވެސް އޭނާ ނަސޭހަތްތެރި ވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ އަދުލުގެ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލަ ރައްދުވާ ފަރާތަށް އޭނާގެ ދިފާޢުގައި ބަސްބުނުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މައްސަލަ ނިންމާ ގޮތް ރަނގަޅު ނޫންކަމަށް ގަބޫލުކުރާ ނަމަ އެޕީލްކުރުމުގެ ފުރުސަތުވެސް މި ނިޒާމުގެ ތެރެއިން ލިބިދޭކަމަށެވެ. އަދި މައްސަލަ ރައްދުވާ ފަރާތަށް ގާނޫނީ އެހީތެރިކަން ވެސް މި ނިޒާމުގެ ތެރެއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތުހުމަތު ކުރެވޭ ފަރާތަށް، އެމީހެއްގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން އަންގައި ދެވޭ. ދިފާއުގައި ޖަވާބްދާރީ ވުމުގެ ފުރުސަތު ފަހިކޮށް ދެވޭ. އަދި، މައްސަލަ ނިމޭ ގޮތާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކަށް ދެމަރުޙަލާއެއްގައި އެޕީލްކުރުމުގެ ފުރުސަތު އަސްކަރީ އަދުލުގެ ނިޒާމުގެ ތެރެއިން ހޯދައިދެވިފައިވޭ." މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox